ގދ. ގައްދޫ ހޮސްޕިޓަލް އިމާރާތް ކުރުމަށް ޕްރޮޖެކްޓް ސައިޓް ސާފު ކުރަން ފަށައިފިއެވެ.
ގައްދޫގައި ޒަމާނީ ފެންވަރެއްގެ ހޮސްޕިޓަލެއް ގާއިމް ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދެކެވެ. ގައްދޫ ހޮސްޕިޓަލަކީ ގައްދޫ ރައްޔިތުންގެ އުންމީދު ތަކާއި ގުޅިފައިވާ މުހިންމު މަޝްރޫއެކެވެ. ރިޔާސީ ދައުރުގެ ތެރޭގައި މަސައްކަތް ފެށުމަށްޓަކައި މިއަދު ވަނީ ޕްރޮޖެކްޓް ސައިޓް ސާފު ކުރުމުގެ މަސައްކަތް ފަށާފައެވެ.
މިމަސައްކަތް ކުރަނީ އެމްޓީސީސީންނެެވެ. އެކުންފުނިން ބުނީ ގައްދޫ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް ސާފު ކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 5,770 އަކަ މީޓަރުގެ ސަރަޙައްދެއްގައި 30 އެނދުގެ 2 ފަންގިފިލާ އިމާރާތެއް އެޅުމާއި، 720 އަކަ މީޓަރުގެ ސަރަޙައްދެއްގައި 1 ފަންގިފިލާގެ އެކޮމޮޑޭޝަން އިމާރާތެއް އެޅުމާއި، 240 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަރވިސް އިމާރާތެއް އެޅުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 13.07 މިލިއަން ޔޫރޯގެ މަޝްރޫޢެކެވެ.
We have commenced site clearing works for Gdh. Gahdhoo Hospital Development Project.
Scope of works include, construction of 2 storey building with the capacity of housing 30 beds in an area of 5,770sqm, construction of 1 storey accommodation building in an area of 720sqm,… pic.twitter.com/BNtrLGRNqQ
— MTCC Plc (@MTCCPlc) August 17, 2023
ރައީސް ޞާލިހުގެ ފަސް އަހަރުގެ ވެރިކަމުގައި ރާއްޖެއަށް ތަރައްޤީގެ ގިނަ ބަދަލު ތަކެއް ގެނެސްފައި ވީނަމަވެސް ސިއްޚީ ދާއިރާއަށް މާބޮޑު އެދެވޭ ބަދަލެއް ގެނެވިފައި ނުވެއެވެ. ޚުދު ރައީސް ވެސް ވަނީ ޞިއްޚީ ދާއިރާއަށް މާބޮޑު އެދެވޭ ބަދަލެއް ގެނެވިފައި ނުވާކަމަށް ވިދާޅުވެފައެވެ.