އަޅުގަނޑު ވާނީ ފުއްދޭވަރުގެ ވައުދުތައް، ކޮށްދޭނެ ގޮތާއިއެކު: ޑރ.މުއިއްޒު

އަޅުގަނޑު ވާނީ ފުއްދޭވަރުގެ ވައުދުތައް، ކޮށްދޭނެ ގޮތާއިއެކު: ޑރ.މުއިއްޒު

Author
މުޙައްމަދު ޝަޒައިމް
17 އޮގަސްޓް 2023 11:52
0

ރިޔާސީ ކެމްޕޭނަށް ރަށްރަށް ވަޑައިގެން ވެވަޑައިގަންވާ ވައުދުތަކަކީ ފުއްދޭނެކަމުގެ ޔަގީންކަމާއިއެކު ވެވަޑައިގަންނަވާ ވައުދުތައް ކަމުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕޭންގައި ދ.އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ދ.ހުޅުދެއްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ކެމްޕޭންގައި ރަށްރަށަށް ވަޑައިގެން ވެވަޑައިގަންނަވާ ވައުދުތަކަކީ ރައްޔިތުންގެ އިހުސާސްތަކާއި އުންމީދުތަކާއި ގުޅިފައިވާ ކަންތައްތަށް ކަމަށެވެ. ކޮންމެ ވައުދަކީވެސް ދުލުން ބުނެލަން ފަސޭހަ ވައުދަކަށް ވީ ނަމަވެސް އެކަން ކޮށްދެވޭނެ ގޮތާއި، ކޮށްދޭނެ ކަމުގެ ޔަގީންކަންވެސް ރައްޔިތުންނަށް ދޭންޖެހޭކަމަށެވެ.

މުއިއްޒު ވިދާޅުވީ ރާއްޖޭގެ ތަރައްޤީގެ ތާރީހު ބަދަލުކޮށް ލެއްވި ރައީސް ޔާމީންގެ އިރުޝާދާއިއެކު ކުރައްވާ އެއްވެސް ކަމަކީ ތަސައްވަރެއް ނެތި ކުރައްވާނެ ކަމެއް ނޫންކަމަށެވެ. ކޮންމެ ވައުދެއް ވާއިރުވެސް އެވައުދެއް ވާނީ އެކަން ކުރެވޭނެކަމުގެ ޔަގީންކަން އޮވެގެން ކަމަށެވެ.

އަޅުގަނޑުމެން ވައުދުވާނީ ކޮށްދެވޭ ކަންތައްތަކަށް. އަޅުގަނޑުމެން ހުށަހަޅާ ކަންކަން ކޮށްދޭނެ ގޮތާއި، އެކަން ކުރާނެ ގޮތްވެސް ރައްޔިތުންނާއި ހިއްސާ ކުރާނެ. ވަކި ކަމެއް ހާސިލް ކުރުމުގެ ނިޔަތުގައި ވައުދުތަކެއްވެ އެކަންކަން ނުކުރާ ބަޔަކަށް އަޅުގަނޑުމެން ނުވާނެ. މާޒީން ތިޔަބޭފުޅުން އެކަންކަމަށް ހެކިވާނެ.

– މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ވޯޓުލުމާއި ކައިރިވާ ވަރަކަށް ފައިސާގެ ނުފޫޒާއި، މާއްދީ އެކިއެކި ނުފޫޒުތައް ރައްޔިތުންނާއި ހަމައަށް އަންނާނެކަމަށެވެ. ނަމަވެސް ތިމާމެން ނިންމާ ނިންމުމަކީ ޤައުމުގެ މުސްތަގުބަލަށްޓަކައި ކުރިއަށް އޮތް ފަސް އަހަރަށް ނިންމާ ނިންމުމަކަށް ހެދުމަށް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.

މިބައްދަލުވުމުގައިވެސް މުއިއްޒު ވަނީ ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ޤާނޫނީ އިމުގެ ތެރެއިން ކުރައްވާނެ މަސައްކަތަކީ ރައީސް ޔަމީން މިނިވަން ކުރުންކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢަލީ
ޢެއް އިދާރާ އަކުން އެންމެ ކޮރަޕްޝަން ގިނައީ މާލޭ ސިޓީ ކައުންސިލް ނޫންތޯ... ލާރި ހޯދީ ކިހިނެއްތޯ ޓިކެޓް ހޯދުމަށް ސެނެޓް ގަތީ.. ޗޯރުން ވާނީ ޗޯރަށް ތިޔަ ބުނާ ވަތަނީ ރައީސް ވެސް އެއީ ގާނޫންގެ ތެރެއިން ވައްކަން ކުރަން ދަސްވެފަ ހުރި ބާނީ ނޫންތޯ.. ދެން ތިޔަ ވިދާޅުވަނީ ލެގަސީ ހިފަހައްޓަނަމޭ.. ޕިސް ޕިސް