އިންޓަމިލާން އާއި ޔުވެންޓަސް މޮޅުވެއްޖެ

އިންޓަމިލާން އާއި ޔުވެންޓަސް މޮޅުވެއްޖެ

Author
އިބްރާހީމް ސާޢިދު
06 ޑިސެމްބަރ 2020 10:28
0

އިޓާލިއަން ސެރިއާގަ އިންޓަމިލާން އާއި ޔުވެންޓަސް އެޓީމު ކުޅުނު މެޗުތަކުން މޮޅުވެއްޖެއެވެ.

ޔުވެންޓަސް އަމިއްލަ ދަނޑުގައި ޓުރިނޯގެ މައްޗަށް ކުރިހޯދީ 2-1 ލަނޑުންނެވެ. މެޗުގެ 9 ވަނަ މިނުޓުގައި ނިކޮލަސް އެން ކޫލޫއޫ ލަނޑެއް ޖަހައި ޓުރިނޯއަށް ލީޑު ނަގާދީފަވަނިކޮށް ޔުވެންޓެސް ނަތިޖާ ހަމަހަމަކުރީ މެޗު ފަހުކޮޅު ވެސްޓަން މެކްކިނީ ކާމިޔާބުކުރި ލަނޑުންނެވެ. މެޗުން ޔުވެންޓަސް މޮޅުވި ލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ މެޗުގެ އެންމެފަހު މިނިޓުގައި ތަޖުރިބާކާރު ޑިފެންޑަރު ލިއެނާޑޯ ބޮނުއިޗީއެވެ. މިއީ އޭނާ ޔުވެންޓަސްއަށް ކާމިޔާބުކޮއްދިން ދެވަނަ ލަނޑެވެ.

އިންޓަމިލާން ލީގުގައި މޮޅުވީ އިމިއްލަ ދަނޑުގައި ބޮލޯނާއާ ވާދަކޮށް 3-1 ލަނޑުންނެވެ. މެޗުގައި އިންޓަ މިލާންގެ އަޝްރަފް ހަކީމީ ދެލަނޑު ކާމިޔާބުކުރި އިރު އަނެއް ލަނޑުޖެހީ ރޮމަލޫ ލުކާކޫއެވެ. ބޮލޯނާގެ ލަނޑު ކާމިޔާބުކޮއްދިނީ މެނުއަލް ވިނާޓޯ މިއީ ލީގުގައި ލުކާކުގެ 8 ވަނަ ލަނޑު. އެއީ ވާދެވެރި އޭސީ މިލާންގެ އިބްރަހަމްވިޗްއަށް ވުރެ ދެލަނޑު މަދު އަދަދެކެވެ.

ލީގުގެ މި ހޯދި މޮޅާއެކު އިންޓާމިލާނުން ވަނީ ތާވަލުގެ ދެވަނަ 21 ޕޮއިންޓާއެކު ދަމަހައްޓައިފައެވެ. އިންޓަމިލާން ވުރެ އެއްޕޮއިންޓް މަދުން ހޯދައިގެން ޔުވެންޓަސް ތާވަލުގެ ތިންވަނައަށް ޖެހިލިއިރު އެއްވަނައިގަ އެސީ މިލާން އޮތީ 23 ޕޮއިންޓާއެކުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.