ރޭ ލީގުގައި 29 އަހަރަށްފަހު ބާސެލޯނާ ކާޑިޒް އަތުން ބަލިވެއްޖެއެވެ.
ރަށުން ބޭރުގައި ކުޅުނު މެޗުން ބާސެލޯނާ ބަލިވީ ކާޑިޒްއާ ވާދަކޮށް 2-1 ލަނޑުންނެވެ. މިއީ ލީގުގައި ކުރީގަވާދަކުރާ ޓީމެއްގެ އަތުން އަމިއްލަ ދަނޑުގައި 2006 ވަނަ އަހަރަށް ފަހު ކާޑިޒް މޮޅުވި ފުރަތަމަ ފަހަރެވެ. ކާޑިޒްގެ ކުޅުންތެރިން ލަނޑުޖެހި މެޗުގެ ބާސެލޯނާގެ ލަނޑަކީވެސް ކާޑިޒްގެ ކުޅުންތެރިޔެއްގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
މެޗުގައި ކާޑިޒް މޮޅުވި ލަނޑުޖެހީ ކުރިން މެންޗެސްޓަރ ސިޓީއަށް އަލްވާރޯ ނެގްރެޑޯއެވެ. އޭނާ މިލަނޑު ޖެހީ ކުޅެން އެރިތާ 44 ސިކުންތުގެ ތެރޭގައިއެވެ. މި ނަތީޖާ އެކު އެތުލެޓިކޯ ލީގުގެ އެއްވަނާގައި އޮތީ 10 މެޗުން ހޯދި 26 ޕޮއިންޓާއެކުއެވެ. ސޮސެއިޑާޑް ދެވަނައިގަ އޮތީ 24 ޕޮއިންޓާއެކުއެވެ. ލީގުގެ ތިންވަނައިގަ ރެއާލް މެޑްރިޑް އޮތީ 20 ޕޮއިންޓާއެކުއެވެ. ވިޔަރެއާލްއަށް ހަތަރުވަނަ ލިބެނީ ހަމަ މިއަދަދަށް ޕޮއިންޓް ހޯދައިގެންނެވެ.
ބާސެލޯނާ ލީގުގައި އޮތީ ރެލިގޭޝަން ޒޯނާ ތިން ޕޮއިންޓް ގާތުގައެވެ. މިވަގުތު ލީގުގެ އެއްވަނައިގަ އޮތް އެތުލިޓިކޯ އަށް ވުރެ ބާރަ ޕޮއިންޓް ފަހަތުގައި އޮތް ބާސެލޯނާ އޮތީ 7 ވަނައިގައެވެ.
ކޮމެންޓު ފޮނުވާ