ޝަރުތު ހަމަވާ އެންމެންނަށް އައްޑޫ ސިޓީންވެސް، ގޯތި ދޭން ނިންމައިފި

ޝަރުތު ހަމަވާ އެންމެންނަށް އައްޑޫ ސިޓީންވެސް، ގޯތި ދޭން ނިންމައިފި

އައްޑޫސިޓީން ގޯއްޗަށް ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެނަށް ގޯތި ދިނުމަށް އައްޑޫ ސިޓީގެ ކައުންސިލުން ނިންމަވައިފިއެވެ.

އައްޑޫއިން ޖުމްލަ 1،000 ގޯތި ދޫކުރަން ފުރުޞަތު ހުޅުވާލީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އައްޑޫ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާގައި ވަނީ ގޯއްޗަށް ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތުހަމަވާ އެންމެނަށް ގޯތިދިނުމަށް ފާސްކުރައްވާފައެވެ. އައްޑޫސިޓީން ގޯއްޗަށް އެދުމަށް ހުޅުވާލި ފުރުޞަތުގައި 4160 ފޯމު ހުށައަޅާފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އޭގެތެރެއިން 3972 މީހުން ޝަރުތު ހަމަވާކަމަށްވެސް އެކައުންސިލުން ވަނީ ނިންމަވާފައެވެ. ގޯތި ލިބޭ މީހުންގެ ލިސްޓް އާންމުކުރުމަށްފަހު ޝަރުތު ހަމަނުވާ 188 ފޯމަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާނެކަމަށް ކައުންސިލުން ވިދާޅުވެއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވީ އައްޑޫއިން ބިން ދޫކުރުމުގައި އަލަތު ކައިވެންޏެއް ނުކޮށް ތިބި ޒުވާނުންނަށްވެސް ގޯތި ދޭން ނިންމާފައިވާ ކަމަށެވެ.

މި ފަހަރު ޒުވާނުން ހިމެނޭ، ބިން ދޭން. ކައިވެނި ނުކޮށް ތިއްބަސް ޒުވާނުންނަށް ބިން ދޭނެ. އަޅުގަނޑު ގަބޫލުކުރަނީ އޭރުން ގެ އަޅައިގެން ކައިވެންޏަށް ދިއުމުގެ ފުރުޞަތު އައްޑޫ ކައުންސިލުން މި ހޯދައިދެނީ.

– ޢަލީ ނިޒާރު ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ މޭޔަރު ވިދާޅުވީ ފުރަތަމަ މަރުހަލާގައި ދޫކުރާ 1،000 ގޯތީގެ އިތުރުންވެސް، އިތުރު ގޯތިތައް ދިނުމަށްޓަކައި ލޭންޑް ޔޫސް ޕްލޭން ނިންމާ މިމަހުގެ ތެރޭގައި އިޢުލާންކުރައްވާނެކަމަށެވެ. މިހާރު އިއުލާންކޮށްފައިވާ 1،000 ގޯތި ދިނުމުގެ މަސައްކަތް ވަރަށް އަވަހަށް ކައުންސިލުން ފަށްޓަވާނެކަމަށާއި ގޯއްޗަށް ކުރިމަތިލި މީހުންގެ ލިސްޓު މާދަމާ އިއުލާން ކުރައްވާނެކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

އައްޑޫ ސިޓީން ގޯތި ދިނުމަށް ހަމަޖެހިފައިވަނީ ހުޅުދޫއާއި މީދޫއިން ކޮންމެ ރަށަކުން 100 ގޯތި، ފޭދޫން 350 ގޯތި، އަދި ހިތަދޫން 300އާއި 400އާއި ދެމެދުގެ ޢަދަދަކަށް ގޯއްޗެވެ. މުޅި އައްޑޫ ސިޓީއަށް ބަލާއިރު ހިތަދޫން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ މީގެ 21 އަހަރު ކުރިން 2002ވަނަ އަހަރުއެވެ. އަދި، ހުޅުދޫއާއި މީދޫންވެސް ގޯތިދޫނުކުރާތާ 15 އަހަރުވެފައިވާއިރު، ފޭދޫން ގޯތި ދޫނުކުރާތާ 25 އަހަރު ވަނީ ވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ކޮބާހޭ ނައިފަރުގެ ނިކަމެތިންގެ ގެތައް ފުލެޓުވެސް ލިބުނީ މުއްސަނދިންނަށް މީތަ އިންސާފަކީ ނައިފަރުގެ ހުރި ކުރީގެ އޮފީސް ޕޮލިސްޓޭސަން ކޯޓު ފަޅުގެތަށް މީކަލޭމެން ވެރިން ކައުންސިލުންގެ ހަޒާނާތަ ފުލެޓުލިބުން މީހުން ގޭގަ ނިކަމެތި މީހާ އެތަނަށް ވަދެދިރިއުޅެންއދިޔާމާ ފެލަނީ 8500ރ މީބޮޑުވަރު

Leave a Reply

Your email address will not be published. Required fields are marked *