ކަރަންޓު ކެނޑުނީ ކޭބަލަކަށް ގެއްލުންވުމުން، މިހާރުވަނީ އަނބުރާ ކަރަންޓު ދެވިފަ: ސްޓެލްކޯ

ކަރަންޓު ކެނޑުނީ ކޭބަލަކަށް ގެއްލުންވުމުން، މިހާރުވަނީ އަނބުރާ ކަރަންޓު ދެވިފަ: ސްޓެލްކޯ

Author
ޢަލީ އާދަމް
18 ޖުލައި 2023 12:00
0

ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ވިނަރެސް ފްލެޓްތަކާ ދިމާއިން ކޮނުމުގެ ތެރޭގައި އެ ކުންފުނީގެ ކަރަންޓު ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ސަރަހައްދުތަކުގެ ތެރެއިން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ހުރިހާ ސަރަހައްދަކަށާއި، ދެވަނަ ފިޔަވަހީގެ މީހުން ދިރިއުޅޭ ހުރިހާ ސަރަހައްދަކަށްވެސް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައި ކަމަށެވެ.

ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފައިވަނީ މިއަދު ހެނދުނު 10:40 ހާއިރުއެވެ.

ކަރަންޓު ކެނޑުމުގެ ސަބަބުން އެ ސަރަހައްދުތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ދިމާވި ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.