އުފަން ރަށް ފަރެސްމާތޮޑާގެ ކުދިބޮޑު ރައްޔިތުންގެ ހޫނު މަރުހަބާއެއް ސެމްބެއަށް!

އުފަން ރަށް ފަރެސްމާތޮޑާގެ ކުދިބޮޑު ރައްޔިތުންގެ ހޫނު މަރުހަބާއެއް ސެމްބެއަށް!

Author
މުޙައްމަދު ޝަޒައިމް
15 އޮގަސްޓް 2023 06:07
0

ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފް އޭނާގެ އުފަންރަށް ފަރެސްމާތޮޑާއަށް ވަޑައިގެންނެވުމުން އެރަށުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ފަރެސްމާތޮޑާއަށް އުފަން ހުސެއިންއަކީ އެދާއިރާގެ މަޖިލިސް ގޮޑި ފާއިތުވެދިޔަ 18 ވަނަ މަޖިލީހުގައިވެސް އަދި މިދައުރުގައިވެސް ތަމްސީލް ކުރައްވާ މެމްބަރެވެ. ސެމްބެ ފަރެސްމާތޮޑާއަށް ވަޑައިގެންނެވުމުން އެރަށުގެ ކުދިބޮޑު ރައްޔިތުން ވަނީ ސެމްބެއަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ސެމްބެއަށް މަރުހަބާ ދަންނަވަން ނިކުތް މީހުންގެ ތެރޭގައި ޕީޕީއެމް ޕީއެންސީއަށް ނިސްބަތްނުވާ ފަރެސްމާތޮޑާގެ ރައްޔިތުންވެސް ހިމެނެއެވެ. ސެމްބެއާއި އޭނާގެ ޓީމުން ފަރެސްމާތޮޑާގެ ރައްޔިތުންނާއި ސަލާން ކުރައްވަން ގިނަ ވަގުތުތަކެއް ހޭދަކުރިއެވެ. ސަލާންކުރަން ތިއްބެވި އެންމެނާއި ސަލާންކުރައްވައި، ސެމްބެ ވަނީ ރައްޔިތުންނާއި ވާހަކަ ދައްކަވައި ހާލު އޮޅުން ފިލުވާފައެވެ.

ހުވަދު އަތޮޅުގެ ރަށްތަކަށް ސެމްބެއާއި ޕީޕީއެމް، ޕީއެންސީގެ ޓީމުން ކުރާ ދަތުރުގައި މިރޭ ފަރެސްމާތޮޑާގައި ޖަލްސާ އޮންނާނެއެވެ. ސެމްބެއާއިއެކު ޕީޕީއެމްގެ ދެ ނައިބް ރައީސުން ކަމުގައިވާ އަހުމަދު ޝިޔާމާއާއި، މުހައްމަދު ޣައްސާން މައުމޫންވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

މިދަތުރުގައި ހުވަދު އަތޮޅުގެ ގިނަ ރަށްތަކަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.