އދ. އޮމަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ. އަދި މިނިސް ޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވ،ީ ޑިރެކްޓަރ ޖެނެރަލ،ް ފާތުމަތު ޝާނާ ފާރޫޤެވެ.
1,186 މީހުންގެ އާބާދީއެއް އޮންނަ އޮމަދޫ ރައްޔިތުން ޢާއްމު ގޮތެއްގައި ކުރާ މަސައްކަތަކީ ބޮޑު ކަންނެލީގެ މަސްވެރިކަމެވެ. އަދި މި ރަށަކީ ލޯކަލް ޓޫރިޒަމްވެސް ފުޅާ ދާއިރާއެއްގައި ތަރައްޤީ ވަމުން އަންނަ ރަށެކެވ.ެ މިގޮތުނ،ް 14 ގެސްޓް ހައުސް ރަށުގައި މިހާރުވެސް ހުރެއެވެ. ނަމަވެސ،ް ރަށް ގިރާ އެތަކެއް ރުށްގަސް ވެއްޓުމުގެ ސަބަބުން ރަށުގެ މަލަމަތި ވަނީ ވަރަށްބޮޑަށް ހުތުރުވެފައެވެ. އަދި ފަރުވެސް ވަރަށް ބޮޑަށް ހަލާކުވުމުގެ ސަބަބުން ލޯކަލް ޓޫރިޒަމްގެ ކުރިއެރުމަށް މިކަމުގެ ސަބަބުން ދަނީ ހުރަސްތަކެއް އެޅެމުންނެވެ.
ނަމަވެސް މިއަދު ސޮއެކުރެވ،ޭ އޮމަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު މި މައްސަލަތަކަށް ނިމުމެއް އައިސް ހިމާޔަތް ކުރެވިފައިވާ ރީތި ގޮނޑުދޮށެއް އޮމަދޫ ރައްޔިތުންނަށް ލިބިގެންދާނެއެވެ.
MTCC has signed an agreement with @MoNPHImv towards implementation of Adh. Omadhoo Shore Protection Project. CEO @adamazim signed on behalf of MTCC and Ms. Fathimath Shaana Farooq, DG, signed on behalf of Ministry.
Scope of works include, 18,976.25 cbm beach nourishment, 214m… pic.twitter.com/toxQFmLhJU
— MTCC Plc (@MTCCPlc) August 15, 2023
މި މަޝްރޫޢުގެ ދަށުނ،ް 18,976.25 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ނަރިޝް ކުރުމާއ،ި 214 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 10.08 މިލިއަން ރުފިޔާއަށް 180 ދުވަސް ތެރޭ ނިންމުމަށް މިކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވ.ެ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުއެވެ.