ކެމްޕޭންތަކާއި ދިމާކޮށް ވާދަވެރި ކެންޑިޑޭޓުންނަށް ހުރަސް އަޅައި، ތަންތަނުގައި ހުޅުޖަހައި، ގަޔަށް ބޮލަށް އެރުމަކީ އެމްޑީޕީ އިދިިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތްއިރުވެސް ކުރި ކަންތައްތަކެއް ނޫންކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ސޯލްޓް ކެފޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މާރިޔާ އެފަދައިން ވިދާޅުވީ ފުލުހުން ބައެއް ރަށްރަށުގައި ހިންގާ ކެމްޕެއިން ހަރަކާތްތަކަަށް ހުރަސް އަޅާ، ރައީސް ވަޑައިގަންނަވާ ވަގުތު މުޒާހަރާ ކުރާ މީހުން ފަހަތަށް ޖައްސާކަމަށް ބުނެ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ރަށްރަށުގައި ވެސް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ. ނަމަވެސް ރައީސް ވަޑައިގަންނަވާ ވަގުތު ނޫނަސް ޚިޔާލު ފާޅުކުރެވޭނެ ކަމަށް މާރިޔާ ވިދާޅުވިއެވެ. އެއްވެސް ކެނޑިޑޭޓެއްގެ ހައްގަކަށް އަރައިގަނެގެން ނުވާނެ ކަަމަށް މަރިޔާ ވިދާޅުވިއެވެ. އަދި ހަމަނުޖެހުން ނުއޮންނަ ގޮތަކަށް ޚިޔާލު ފާޅުކުރާ ނަމަ އެކަން ނުހުއްޓުވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.
ފޮޓޯ ޝޮޓެއް ހޯއްދަވާލެއްވުމަށް އިދިކޮޅުން އެކަން އެގޮތަށް ނުކުރެއްވުމަށް، އަޑު ހުރިހާ ކެންޑިޑޭޓުންގެ ވެސް އިއްވުމަށް ޖާގަ ދެއްވުމަށް، ޑިމޮކްރެޓިކް ޕްރޮސެސް އިހުތިޔާރު ކުރައްވައި އެ ނޫން ގޮތްގޮތަށް ނޫޅުއްވުމަށް އިލްތިމާސް ދަންނަވަން.
– މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި، ސިޔާސީ މަސްރަހު އެންމެ ހަލަބޮލިވި ދުވަސްވަރު ވެސް އެމްޑީޕީން އިދިކޮޅުގައި އޮވެގެން އެފަދަ އެއްވެސް ކަމެއް ފެނިފައި ނޯންނާނެ ކަމަށެވެ.
އެމްޑީޕީ އިދިކޮޅުގައި އޮވެގެން ވެސް މިކަހަލަ އެއްވެސް ކަމެއް އެމްޑީޕީގެ ފަރާތުން ފެނިފައެއް ނޯންނާނެ، މިއަދު ވެސް ފެނިފައެއް ނޯންނާނެ، އެމްޑީޕީގެ މީހުން އެ ގޮތަކަށް ހުރަހެއް ނާޅާނެ.
– މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ މުޖުތަމައު އިން ބޭނުންވާ ގޮތް ނުވަތަ މުޖުތަމައުގެ އިންޓްރެސްޓް އެއީ މުހިންމު ކަމެއް ކަަމަށެވެ. ހަމަޖެހުން ނަގާލަން ފުރުސަތު ދީގެން ނުވާނެ ކަމަށާއި، މުޖުތަމައަށް އެންމެ ރަނގަޅު ގޮތަކީ ސުލްހަވެރި ކެޕްމެއިނެއްކުރުން ކަމަށް މާރިޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ނުވަތަ އެ ނޫންވެސް ކެނޑިޑޭޓެއް ރަަށަކަށް ވަޑައިގަންނަވާ އިރު އެ ބޭފުޅުންގެ ހަށިކޮޅަށް ގެއްލުންވާގޮތަށް، ކެމްޕެއިންކުރުމުގެ ހައްގަށް އަރައިގަނެވިގެން ނުވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.
2 Responses
މާރިޔާ ދެންހަދާންކޮއްބަލަ މޑޕ.ގެކަމެންނުއެއީ ކުރީގަވެސް ކިހާގެންލުމެންރާޖޭގެއެކިރަށްރަށަންލިބުނުތަ މުޒާހިރާކުރުމާ ހުޅުޖެހިމާ މާރާމާރީ ހިންގުން. މޑޕ ގެ.ހޮބީއެންނު
ޝުބުހާނައްލޯހި، ތީ އިންސާނެއްތަ، ކަލޭ ހުރީ ހަމައިގަތަ، ތީ ހުޅުޖެހި ބޮޑުމީހާ