މެންޗެސްޓަރ ދެ ކުލަބަށް ރަނގަޅު ރެއެއް

މެންޗެސްޓަރ ދެ ކުލަބަށް ރަނގަޅު ރެއެއް

Author
އިބްރާހީމް ސާޢިދު
06 ޑިސެމްބަރ 2020 08:40
0

އިނގިރޭސި ލީގުގައި ރޭ މެންޗެސްޓަރ ދެ ކުލަބުން ވެސް ރަނގަޅު ނަތީޖާތަކެއް ހޯދައިފިއެވެ.

ރޭ ލީގުގައި ރަށުން ބޭރުގައި މެންޗެސްޓަރ ޔުނައިޓެޑުން މޮޅުވީ ރަށުން ބޭރުގައި ފަހަތުން އަރައި ވެސްޓްހެމް އަތުން 3-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ޔުނައިޓެޑަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް ވެސްޓްހޭމް ވަނީ މިހާފްގައި ރަނގަޅު ހަމަލާތަކެއް ޔުނައިޓެޑުގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފައެވެ. ޔުނައިޓެޑުން ވަނީ ވެސްޓްހޭމްގެ ގޯލަށް އަމާޒުކޮށް މިހާފްގައި ތިން ހަމަލާއެއް ފޮނުވާލާފައެވެ. ވެސްޓްހޭމް ލީޑް ނެގުމުގެ ކުރިން ޖެރާޑް ބޮވެން ވަނީ އޮފްސައިޑް ލަނޑެއްވެސް ޔުނައިޓެޑު ކޮޅަށް ޖަހާފައެވެ.

ވެސްޓްހޭމް އިން ލީޑް ނެގީ ފުރަތަމަހާފްގެ 38 ވަނަ މިނިޓުގައި ތޯމަސް ސޮސެކް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އެއް ލަނޑުން ބަލިވެފަ އޮތުމާކު ޔުނައިޓެޑުން ދެވަނަ ހާފް ފެށީ ބުރޫނޯ ފެނާންޑޭޒް އާއި މޯކޯސް ރަޝްފާޑް ޓީމުގައި ހިމަނައިގެންނެވެ. ނަތީޖާގެ ގޮތުން ޓީމުގެ އެޓޭކްތައް ރަނގަޅުވެގެން ދިޔައެވެ.

ޔުނައިޓެޑުން ވަނީ ދެވަނަހާފްގެ ފުރަތަމަ 10 މިނުޓުގެ ތެރޭގައި ވެސްޓްހޭމްގެ ގޯލަށް އަމާޒުކޮށް ތިން ހަމަލާއެއް ފޮނުވާލަފައެވެ. ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮއްދިނީ ބުރޫނޯ ފެނާންޑޭޒް ދިން ބޯޅަކުން ޕައުލޯ ޕޮގްބާއެވެ. ހުސްވި ފެބްރުވަރީ މަހުން ފެށިގެން ޔުނައިޓެޑުން ކުޅުނު 38 މެޗުގައި 36 ލަނޑު ޖެހުމުގައި ހިއްސާ ފެނާންޑޭޒް ވަނީ ވެފައެވެ. އެއީ 22 ލަނޑާއި 14 އެސިސްޓެވެ. ޔުނައިޓެޑަށް ގްރީންވޫޑް ލީޑް ނަގައިދިން އިރު ލީޑް އިތުރަށް ފުޅާކޮށްދިނީ މާކޯސް ރަޝްފާޑްއެވެ.

ރޭ މެންޗެސްޓާ ސިޓީ ވަނީ އަމިއްލަ ދަނޑުގައި ބާންލީގެ މައްޗަށް 2-0 ލަނޑުން ކުރިހޯދާފައެވެ. މެޗުގެ ފުރަތަމަހާފްގައި ލަނޑުތައް ފެނިގެން ދިޔައިރު ސިޓީއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިން އާއި ކެވިން ޑިބްރޭނާ. ސްޓާލިންގެ ލީގުގެ ލަނޑެއް ފެނިގެން މިދިޔައީ އޭނާ އެންމެފަހުން ސިޓީއަށް ލީގު ލަނޑެއް ޖެހިތާ 50 ދުވަސްފަހުންނެވެ. މިމެޗުގައި ދެވަނަ ލަނޑު ސިޓީއަށް ކާމިޔާބުކޮށްދިނިް ޑިބުރޭނާ ވާނީ މި ސީޒަންގެ ލީގުގައި މިހާތަނަށް 14 ލަނޑެއް ޖެހުމުށް އެހީތެރިވެފައެވެ. އަދި މިއަދަދަކަށް އެއްވެސް ކުޅުންތެރިޔަކަށް ލީގުގައި ލަނޑުޖެހުމުގައި ހިއްސާވެފައެއް ނެތެވެ.

ސިޓީގެ ދެވަނަ ލަނޑާއެކު ގާޑިޔޯލާގެ ކޯޗު ކަމުގައި ސީޓީން ހަމަކުރި 400 ވަނަ ލަނޑެވެ. 2016 ވަނައހަރު ސިޓީގެ ކޯޗުކަމާ ހަވާލުވެ ގާޑިޔޯލާގެ ކޯޗުކަމުގައި ލީގުގެ 162 މެޗުން 400 ލަނޑުވަނީ ހަމަކޮށްފައެވެ. އެންމެފަހުން މެންޗެސްޓަރ ސިޓީ ފުލަމްއާ ދެކޮޅަށް ކުޅުނު 16 މެޗުވެސް އެޓީމު ބަލިވެފައެއް ނުވެއެވެ. ވިދިވިދިގެން އެންމެފަހުން ފުލަމްއާ ދެކޮޅަށް ކުޅުނު 10 މެޗުވެސް ސިޓީން ވަނީ ކާމިޔާބުހޯދާފައެވެ.

މިއީ 2005 ވަނަ އަހަރު ލީގުގައި ޗާލްޓަން އަތުން 2-2 އެއްވަރުވި މެޗަށްފަހު މެޗުތެރޭގައި ބަދަލެއް ނުގެނެސް ސީޓީން ނިންމާލި ފުރަތަމަ މެޗެވެ. މިއީ 416 މެޗަށްފަހު ޔޫރަޕުގެ ގަދަ ފަސް ލީގުގެ ހިމެނޭ ޓީމެއް ލީގުގެ މެޗެއްގައި ބަދަލެއް ނުގެނެސް ނިންމާލި ފުރަތަމަފަހަރުއެވެ. ރޭގެ މެޗުގައި ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާ މެޗު ނިންމާލި ފެށި ފުރަތަމަ 11 ކުޅުންތެރިންނާ އެކުއެވެ.

މިނަތީޖާއެކު 10 މެޗުން 19 ޕޮއިންޓް ހޯދައި ލީގުގެ ހަތަރުވަނައަށް ޔުނައިޓެޑުން ކުރިޔަށްޖެހިނު އިރު ސިޓީ ފަސްވަނައިގަ އޮތީ ޔުނައިޓެޑަށްވުރެ އެއް ޕޮއިންޓް މަދުންހޯދައިގެންނެވެ. އަންނަ ހަފްތާގައި ލީގުގައި މި ދެޓީމް ބައްދަލުކުރާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.