ކުށެއްކުރުމުގެ އާލާތެއް އަތުގައި ބެހެއްޓުމުގެ ކުށުގައި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
މިމީހާ ހޯދަމުން ދަނީ ޏ. ފުވައްމުލައް މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.
މި އަމުރާ ގުޅިގެން ހޯދަމުންދަނީ ޏ. ފުވައްމުލައް/ހޯދަޑު.ނަސްފަަރު، މުޙައްމަދު ސިނާން (37އ)އެވެ. މުޙައްމަދު ސިނާން ހޯދަމުންދަނީ ދައުލަތުން ދަޢުވާކުރާ ކުށެއްކުރުމުގެ އާލާތެއް އަތުގައި ބެހެއްޓުމުގެ ކުށުގެ މައްސަލައައާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
މުޙައްމަދު ސިނާން އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792803 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ވަނީ އެދިފައެވެ.
ކޮމެންޓު ފޮނުވާ