ހުރިހާ ބޭންކަކުންވެސް ފަސޭހައިން ގެދޮރިވެރިކަމަށް ލޯނު ލިބޭގޮތް ހަދާނަން: މުއިއްޒު

ހުރިހާ ބޭންކަކުންވެސް ފަސޭހައިން ގެދޮރިވެރިކަމަށް ލޯނު ލިބޭގޮތް ހަދާނަން: މުއިއްޒު

ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ރާއްޖޭގެ ހުރިހާ ބޭންކަކުންވެސް ގެދޮރުވެރިކަމަށް ފަސޭހައިން ލޯނު ލިބޭގޮތް ހައްދަވާނެކަމުގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.

މިރޭ ކުޅުދުއްފުށި ސިޓީގައި ބޭއްވި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ގެދޮރުވެރިކަމަކީ ކޮންމެ ރައްޔިތެއްގެވެސް އަސާސީ ހައްގެއް ކަމަށާއި، އެހެންކަމުން އެއީ ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަށް ވާން ޖެހޭނެ ކަމުގައެވެ.

މުއިއްޒުގެ ވާހަކާގައި ވިދާޅުވީ ގެދޮރުވެރިކަމުގެ މައްސަލައަށް އޮތް ހައްލަކީ ހަމައެކަނި ގޯތި ދިނުމާއި ފްލެޓް އެޅުން ނޫންކަމަށާއި، ދޭ ގޯތީގައި ގެދޮރު ބިނާ ކުރެވޭނެ ސިޔާސަތެއްވެސް އޮންނާން ޖެހޭނެ ކަމުގައެވެ. އަދި އެގޮތަށް ސަރުކާރުގެ ސިޔާސަތު ބައްޓަން ކޮށްފިނަމަ ކޮންމެ ރައްޔިތަކަށްވެސް އެހައްގު ލިއްބައި ދެވޭނެ ކަމުގައިވެސް މުއިއްޒު ވިދާޅުވިއެވެ.

ސަރުކާރުގެ ބޭންކިންގެ ނިޒާމުގެ ތެރެއިން އެމްއެމްއޭ އަދި އެހެން ބޭންކްތަކުގައި މި ދެންނެވި ގޮތަށް ކަންތައްތައް ބައްޓަން ކުރެވިގެން ދާން ޖެހޭ. ރައްޔިތުންނަށް އަތް ފޯރާ ފަށުގެ އެފޯޑަބަލް ހައުސިން ލޯން ލިބޭ ގޮތަށް ސަރުކާރުގެ ސިޔާސަތު ބައްޓަން ވާން ޖެހޭ.

ކުޅުދުއްފުށީގެ ގިނަބަޔަކު ހާޒިރުވި ޖަލްސާގައި މިރޭ ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވިއެވެ.

މިގޮތުން ޑރ. މުއިއްޒު ވިދާޅުވީ، އެމްއެއޭއާއި، ރާއްޖޭގައި ގާއިމް ކޮށްފައިވާ ކޮމާޝަލް ބޭންކުތަކުންވެސް ގެދޮރުވެރިކަމަށް ޚާއްސަ ކުރެވޭ ލޯނު ފަސޭހަކަމާއެކު ލިބިގެންދާނޭ އިންތިޒާމު އޭނާގެ ވެރިކަމެއްގައި ހަމަޖެހިގެން ދާނެ ކަމުގައެވެ.

އޭނާގެ ވާހަކާގައި ވިދާޅުވި އެލޯނުގެ އިންޓަރެސްޓު ހުންނާން ޖެހޭނީ %5 އަށްވުރެ ދަށުގައި ކަމަށާއި، އަދި ލޯނު ހޯދުމަށް ބަހައްޓަންޖެހޭ އިކުއިޒިޝަން ކޯސްޓުވެސް އަތްފޯރާ ވަރުގެ އަދަދަށް ވާން ޖެހޭނެ ކަމުގައެވެ.

މުއިއްޒު ވިދާޅުވީ އެ ލޯން ލިބިގެން ދާނީ ވަކި ޝަރުތަކެއް ފުރިހަމަ ވެގެން ކަމަށާއި، ފުރަތަމަ ގެ އަޅާ ފަރާތްތަކަށް އިސްކަން ދެވޭނެ ކަމުގައެވެ. އަދި އަލަށް ގެ އަޅަން ފަށާފަ، ނުނިމި ހުންނަ ގެތަކަށް ޚާއްސަ ކޮށްގެންވެސް ލޯން ސްކީމްތައް ހިންގާނެކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *