"12ތް ފެއިލް" ގެ ފުތަރަމަ ޓީޒާ ދައްކައިލައިފި

"12ތް ފެއިލް" ގެ ފުތަރަމަ ޓީޒާ ދައްކައިލައިފި

Author
ފާތިމަތު ނާވީ
14 އޮގަސްޓް 2023 08:32
0

ޑައިރެކްޓަރު ވިދޫ ވިނޯދް ޗޯޕްޅާގެ ފިލްމު "12ތް ފެއިލް" އަންނަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ސިނަމާތަކަށް އަންނާނެ ކަމަށް ފިލްމު އުފައްދާ ފަރާތްތަކުން ބުރާސްފަތި ދުވަހު ބުނެފި އެވެ.

އައިޕީއެސް އޮފިސަރު މަނޯޖް ކުމާރު ޝަރުމާ އާއި އައިއާރުއެސްގެ އޮފިސަރު ޝްރަދާ ޖޯޝީގެ ހިތްގައިމު ދަތުރުގެ ވާހަކަ ކިޔައިދޭ އަނޫރާގް ޕަތަކް އެންމެ ގިނައިން ވިއްކާ ނޮވެލްގެ މައްޗަށް ބިނާކޮށް ހަދާ މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ވިކްރާންތު މެސީ އެވެ. މި ފިލްމްގެ ފުރަތަ ޓިޒާ ވެސް ވަނީ ދައްކައިލައިފައިއެވެ.

ޝަރަފުވެރި ޔޫޕީއެސްސީ އިމްތިހާނަށް ތައްޔާރުވާ ދަރިވަރުންގެ ދަތުރުގެ މަންޒަރެއްގެ ގޮތުގައި ސިފަކުރާ 12 ވަނަ ފެއިލް ޕްރޮޑިއުސްކުރަނީ ޒީ ސްޓޫޑިއޯއިންނެވެ. "ޕަރިންދާ، 1942: އަ ލަވް ސްޓޯރީ" އަދި "މިޝަން ކަޝްމީރު" ފަދަ ފިލްމުތައް ކުޅެފައިވާ ޗޯޕްޅާ ބުނީ އޭނާގެ އާ ފިލްމަކީ އިންޑިއާގެ ގާނޫނު އަސާސީ ހިމާޔަތްކުރާ ނަޒާހަތްތެރި އޮފިސަރުންނާއި އެ މީހުންގެ ފަހަތުން ދާން ބޭނުންވާ އެތައް ދަރިވަރުންނެއްގެ އަގުވަޒަން ކުރާ ފިލްމެއް ކަމަށެވެ.

 

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.