ރިޔާސީ ކެމްޕޭން ކުރިޔަށް ގެންދާނީ ސޯޝަލް މީޑިއާގައި: ޒަމީލް

ރިޔާސީ ކެމްޕޭން ކުރިޔަށް ގެންދާނީ ސޯޝަލް މީޑިއާގައި: ޒަމީލް

Author
ހުސެއިން
12 އޮގަސްޓް 2023 10:39
0

ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރުމަކީ ބޮޑު ޚަރަދެއް ހިނގާ ކަމަކަށް ވާތީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭން ކުރިޔަށް ގެންދަވާނީ ސޯޝަލް މީޑިއާގައި ކަމުގައި، އަމިއްލަ ގޮތުން ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ ޙަސަން ޒަމީލް ވިދާޅުވެއްޖެއެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވިއްޖެމަ އޭނާ ތަންފީޒު ކުރައްވާނެ ބައެއް ސިޔާސަތުތައް އާންމު ކުރެއްވުމުގެ ގޮތުން އޭނާގެ ކެމްޕޭން ވައިބަރ ކޮނިއުބިޓީގައި އާންމު ކުރެއްވި ވީޑިއޯއެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ސޯޝަލް މީޑިއާގެ އިތުރުން ކެމްޕެއިން ކުރުމަށް ޕީއެސްއެމްއިންވެސް އޭނާއަށް ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމުގައެވެ.

އޭނާގެ ވައިބަރ ކޮމިއުނިޓީ ގުރޫޕުގައި އާންމު ކުރެއްވި ވީޑިއޯ މެސެޖުގައި ވިދާޅުވީ ރާއްޖޭގެ އިޖުތިމާއީ މާހައުލު އޮތް ގޮތުން ދަރިން ބެލުމަށް ގޭގައި މޫސާރަ ދީފައި މީހުން ބައިތިއްބަންޖެހޭ ކަމަށާއި އޭގެ ސަބަބުން އާއިލާތަކަށް ބޮޑެތި މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާކަމަށެވެ. އެގޮތުން އޭނާގެ ވެރިކަމެއްގައި ދަރިން ބެލުމަށް މީހަކަށް މުސާރަ ދިނުމަށްޓަކާ ކޮންމެ އާއިލާއަކަށްވެސް 20 ހާސް ރުފިޔާ ހަމަޖައްސަވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައިވާ އާބާދީގެ މައްސަލަ ހައްލުކުރުމަށް އާބާދީ އިތުރުކުރަން ޖެހޭ ކަމުގައެވެ.

ޒަމީލް ރިޔާސީ އިންތިޚާބަށް ކުރިމަތި ލައްވާފައިވާއިރު އޭނާގެ ރަނިންމޭޓަކަށް ހަމަޖެއްސެވީ އޭނާގެ އަނބިކަބަލުންނެވެ. ކެމްޕޭން އޭޖެންޓަކަށް ހަމަޖައްސަވާފައިވަނީ ދަރިފުޅެވެ. ޒަމީލް ވިދާޅުވީ އަނބިކަބަލުން ރަނިންމޭޓަކަށް ހަމަޖައްސަވަން ޖެހުނީ އެމަގާމަށް އިތުބާރު ކުރެވޭ އެހެން މީހަކު ނެތިގެން ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.