ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ރައީސް ސާލިހު ނ. އަތޮޅަށް ފުރާވަޑައިގެންފިއެވެ. ރައީސް ސާލިހު ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމު މުހައްމަދުވެސް ބައިވެވަޑައިގަންނަވައެވެ.
ރައީސް ނ. އަތޮޅަށް ފުރާވަޑައިގެންނެވީ ފާއިތުވި 3 ދުވަހު ހުވަދޫ އޮތޮޅަށް ކުރެއްވި ދަތުރުފުޅަށް ފަހުއެވެ.
ރައީސް ސާލިހު ނ. އަތޮޅަށް ފުރާވަޑައިގެންނެވިއިރު، ފާއިތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އެމަނިކުފާނުވަނީ އުތުރާއި ދެކުނުގެ ގިނަ ރަށްތަކަށް ވަޑައިގެންފައެވެ. މިގޮތުން ހއ. ހދ. ށ. އަދި ހުވަދޫ އަތޮޅުން ތިނަދޫ ފިޔަވާ އެ އަތޮޅުގެ އެހެން ހުރިހާ ރަށަކަށްވެސް ރައީސް ސާލިހު ވަނީ ވަޑައިގެންފައެވެ. މިގޮތުން މިހާތަނަށް ރައީސް ސާލިހުވަނީ ރާއްޖޭގެ %30 އަށްވުރެ ގިނަ ރަށްތަކަށް 2023ގެ ރިޔާސީ ކެމްޕޭނަށް ވަޑައިގެންފައެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ކުރިން ރައީސް ސާލިހު ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ