މުއިއްޒު އާއި ޕީޕީއެމް/ޕީއެންސީ ލީޑަޝިޕް ޓީމު ފްލައިޓުގައި.

މުއިއްޒު ކެމްޕެއިނަށް އުތުރަށް، ހުރިހާ ރަށަކަށް ވަޑައިނުގަންނަވާ!

މުއިއްޒު ކެމްޕެއިނަށް އުތުރަށް، ހުރިހާ ރަށަކަށް ވަޑައިނުގަންނަވާ!

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު  ޑރ. މުހައްމަދު މުއިއްޒާއި ރަނިންމޭޓް، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފުގެ ކެމްޕެއިން ދަތުރުތައް ރާއްޖޭގެ އުތުރުން މިއަދު ފައްޓަވައިފިއެވެ.

މުއިއްޒުގެ ކެމްޕެއިން ތަރުޖަމާނު އަހުމަދު ތޮލާލް ވިދާޅުވީ މުއިއްޒު އަދި ރަނިންމޭޓު ހއ. އަދި ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި 11 ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއީ ހދ. އަތޮޅުގެ ހަތަރު ރަށަކާއި ހއ. އަތޮޅުގެ ހަތް ރަށަކަށެވެ.

މުއިއްޒު މިއަދު ދަތުރު ކުރެއްވުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ހދ. ހަނިމާދޫ އާއި ހދ. ނޮޅިވަރަމް އަދި ހދ. ކުޅުދުއްފުއްޓެވެ. ކުޅުދުއްފުށީގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މާދަމާ ހދ. މަކުނުދޫ އާއި ހއ. ހޯރަފުއްޓާއި ހއ. އިހަވަންދޫ އަށް ވަޑައިގަންނަވާނެއެވެ.

ހޯމަ ދުވަހު މުއިއްޒު ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ހއ. އުތީމަށާއި ހއ. ވަށަފަރާއި ހއ. ކެލާ އާއި ހއ. ބާރަށާއި ހއ. ދިއްދޫއަށެވެ.

ތޮލާލް ވިދާޅުވީ އެ ރަށްތަކަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ރައްޔިތުންގެ އިހްސާސްތަކާއި ކަންބޮޑުވުންތައް އަޑު އައްސަވައި ޖަވާބު ދެއްވާނެ ކަމަށެވެ.

މުއިއްޒާ އެކު ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ވަރަށް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *