ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަަ ކުރައްވާ ޤާސިމް އިބްރާހިމާއި ބައްދަލުކޮށް ޖޭޕީއާއި ގުޅުމުގެ މަޝްވަރާތަކަށް ޕީޕީއެމްގެ ސްޕެޝަލް އެޑްވައިޒަރު ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ސަން އައިލެންޑަށް ވަޑައިގެންފިއެވެ.
ރައީސް ވާހީދު ސަން އައިލެންޑުގައި ބާއްވާ މަޝްވަރާތަކަށް މާމިގުލީ އެއާޕޯޓަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވީ ޤާސިމް އިބްރާހިމްއެވެ. ޑރ.ވަހީދާއިއިއެކު މިބައްދަލުވުމަށް ވަޑައިގެންނެވީ ދަރިކަލުން ޖެފްރީއެވެ. ވަހީދު ރޭ ޕީޕީއެމް އިން އިސްތިއުފާ ދެއްވީ ޕީޕީއެމް އިން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނުނެރުމުންނެވެ.
ކުރީގެ ރައީސް ޔާމީނަށް ރިޔާސީ އިންތިހާބަށް ވާދަނުކުރެވޭނެ ހާލަތެއް އަތުވެއްޖެނަމަ އިންތިހާބުގައި ވާދަކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ވަހީދު އޮތީ ވިދާޅުވެފައެވެ. ނަމަވެސް ޕީޕީއެމް އިން ނިންމީ ރައީސް ޔާމީނަށް ކުރިމަތިނުލެވުމުން ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި ޑރ.މުހައްމަދު މުއިއްޒު އިންތިހާބުގައި ވާދަކުރެއްވުމަށެވެ.

ޕީޕީއެމް އިން އިސްތިއުފާ ދެއްވަވާ ވަހީދު އެޕާޓީއަށް ފޮނުއްވެވި ސިޓީއެއްގައި ވިދާޅުވީ ވަކި ކެންޑިޑޭޓެއް ނުނެރުމަކީ ޕީޕީއެމް ލީޑަޝިޕުން ވީ ހިޔާނާތެއް ކަމަށެވެ. ވަހީދު ވިދާޅުވީ ޔާމީންގެ ޝަރުތު ހަމަނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ސުޕްރީމް ކޯޓުން 5 އޮގަސްޓްގައި ދެމެހެއްޓުމާއި އިންތިހާބަށް ކުރިމަތިލުމުގެ ފަހު ދުވަސް ކަމަށްވާ 7 އޮގަސްޓާ ދެމެދު، ޕީޕީއެމަށް ކެންޑިޑޭޓެއް ނެރެވޭނެ ވަގުތު އޮތް ކަމަށެވެ.
ވަހީދު ރޭ ޓްވިޓާގައި އާއްމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ ވިދާޅުވީ އިސްތިއުފާ ދެއްވީ އެމަނިކުފާނުގެ ހުނަރާއި އިލްމާއި ގާބިލިއްޔަތު ބޭނުންކުރާނެ އެހެން ތަނެއްގައި މަސައްކަތް ކުރެއްވުމަކީ މިހާރު އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންފާނެ ކަމަށް ބައްލަވައިގެން ވަހީދު ކުށުގެ ރެކޯޑް ވެސް ސާފުކުރެއްވެވިއެވެ.
ކޮމެންޓު ފޮނުވާ