ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކެންޑިޑެންސީ ހުށައަޅަފައި ވަނީ ގަނެގެން ކަމަށް، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ކެމްޕެއިން ތަރުޖަމާނު އަދި ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ތުހުމަތު ކުރައްވައިފިއެވެ.
މާރިޔާ މިހެން ވިދާޅުވީ ސޯލްޓު ކެފޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މާރިޔާ ވިދާޅުވީ، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މި ވިދާޅުވަނީ ތިމަންނަ ނުކުމެ މިހުރީ ކުރީގެ ރައީސް ޔާމިންއަށްޓަކައި ކަމަށް ވިދާޅުވަމުން ގެންދަވަނީ ޔާމީންއަށް އެކަން ޔަޤީންކޮށްދެއްވުމަށްކަމަށެވެ. މިކަމާއި ދިވެހި ރައްޔިތުންގެ ހިތުގައި ސުވާލު އުފެދޭކަމުގައި ވެސް މާރިޔާ ވިދާޅުވިއެވެ.
”ދެން ރައްޔިތުންގެ ސުވާލަކީ މުއިއްޒުގެ ކެންޑިޑެސީއިން ކުރައްވަން އުޅުއްވާ ބެނުމަކީ ކޮބައިތޯ. ރައީސް ޔާމީން އެކި ގޮތްގޮތުން ވިދާޅުވޭވޭ ހުއްޓާ ސެނެޓް ގަނެލައިގެން މުއިއްޒު ނުކުމެވަޑައިން ހުންނަވާތަން.“ މާރިޔާ ދީދީ ވިދާޅުވިއެވެ.
މާރިޔާ ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ