"ހާޓް އޮފް ސްޓޯން" މާދަމާ ނެޓްފްލިކްސްއަށް

"ހާޓް އޮފް ސްޓޯން" މާދަމާ ނެޓްފްލިކްސްއަށް

Author
ފާތިމަތު ނާވީ
11 އޮގަސްޓް 2023 09:31
0

ބަތަލާ އާލިއާ ބަޓްގެ ފުރަތަމަ ހޮލީވުޑް ފިލްމު "ހާޓް އޮފް ސްޓޯން" މާދަމާ ނެޓްފްލިކްސް އިން ބެލުންތެރިންނަށް ދޫކޮށްލަން ތައްޔާރުވެއްޖެ އެވެ.

އާލިއާ މުހިންމު ރޯލެއް ކުޅެފައިވާ މި ފިލްމަކީ ސްޕައި ތްރިލާ އެކެވެ. އާލިއާ މީގެ ކުރިން ކުޅެފައި ނުވާ ކަހަލަ އެކްޝަން ރޯލަކުން ފެންނާނެ "ހާޓް އޮފް ސްޓޯން" ގައި ކުޅެފައި ވަނީ ކޭޔާ ދަވަން ކިޔާ ކެރެކްޓާއެކެވެ.

މި ފިލްމަކީ އެކްޓަރު ރަންބީރް ކަޕޫރްގެ އަންހެނުންގެ އަލަތު ހޮލީވުޑް ފިލްމެވެ. އެހެންވެ އާލިއާގެ ފޭނުންނަށް "ހާޓް އޮފް ސްޓޯން" ވަރަށް ހާއްސަ އެއްޗަކަށް ވާނެ އެވެ.

 

View this post on Instagram

 

A post shared by Netflix US (@netflix)

ހޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ "ވޮންޑަ ވުމެން" ގެ ތަރީ ގަލް ގެޑޯ އާއި "ދަ ފޯލް"، "ދަ ޓުއަރިސްޓް" އަދި "ރޮބިން ހޫޑް" ފަދަ ފިލްމުތައް ކުޅެފައިވާ ޖެމީ ޑޯނަން ވެސް މި ފިލްމުން ފެންނާނެއެވެ.

ނެޓްފްލިކްސް އިން ގެނެސްދޭން ހަމަޖެހިފައިވާ މި ފިލްމަކީ ޓޮމް ހާޕާ ޑައިރެކްޓުކޮށްފައިވާ ފިލްްމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.