ގިނަ, ބޮޑެތި ވައުދުތަކާއެކު ގާސިމްގެ "ހާސް ކަނޑާލާ، ހަމަޖެހޭނެ" މެނިފެސްޓޯ ލޯންޗު ކޮށްފި

ގިނަ, ބޮޑެތި ވައުދުތަކާއެކު ގާސިމްގެ "ހާސް ކަނޑާލާ، ހަމަޖެހޭނެ" މެނިފެސްޓޯ ލޯންޗު ކޮށްފި

Author
ހުސެއިން
10 އޮގަސްޓް 2023 08:59
0

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބުރާހިމްގެ "ހާސް ކަނޑާލާ، ހަމަޖެހޭނޭ" މެނިފެސްޓޯ ލޯންޗު ކޮށްފިއެވެ.

ގާސިމް އިބުރާހިމްގެ ރިޔާސީ މެނިފެސްޓޯ ލޯންޗު ކޮށްފައިވަނީ ޖޭޕީގެ މައި މަރުކަޒު، ކުނޫޒުގައި ރޭއް ބޭއްވި ޚާއްސަ ޖަލްސާއެއްގައެވެ. ގިނަ ދުވަސްތަކެއް ވަންދެން ޖޭޕީގެ ކެންޕޭން ޖަލްސާތަކަށް ވަޑައިނުގެން ހުންނެވުމަށްފަހު ރޭ ބޭއްވުނު ޖަލްސާއަށް ގާސިމް ވަނީ ހާޒިރުވެ ވަޑައިގެންފައެވެ.

ޖޭޕީގެ މެނިފެސްޓޯ ލޯންޗު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ފުއްދަވާ ދެއްވާނެ ގިނަ ވައުދުތަައް އާންމު ކުރައްވާފައެވެ.

މިގޮތުން މި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި އެންމެ ފުރަތަމަ ކުރައްވާނެ މަސައްކަތަކީ ގައުމުގެ ސަލާމަތާއި އަމާންކަމާއި މިނިވަންކަމާއި އިސްލާމްދީން ހިމާޔަތްކުރުމުގެ މަސައްކަތް ކަމުގައެވެ.

އަދި ރާއްޖޭ ޝަރުއީ ނިޒާމް އިސްލާހު ކުރާ ވާހަކައަކީ ކޮންމެ ސަރުކާރަކުން ވެސް ދައްކާ ވާހަކައެއް ކަމަށާއި، އެހެންނަމަވެސް ވެރިކަމަށް އާދެވުމުން އެ ނިޒާމުގެ އިސްލާކުރުމަށް ވާ ވައުދުތަކުގެމަތިން ހުރިހާ ވެރިންވެސް ހަނދާން ނައްތާލާ ކަމުގައިވެސް ގާސިމް ވިދާޅުވިއެވެ.

މިއަދު އަޅުގަނޑުމެންގެ ބަޖެޓް 40 ބިލިއަނަށް އަރައިގެންދާއިރު ސްޕްރީމް ކޯޓާއި ހައި ކޯޓަށް ވަކި އިމާރާތެއް ނެހެދިގެން އުޅެނީ ކީއްވެގެންތޯ. ޖުޑުޝަރީގެ ކަންތައް ކިހިނެއްތޯ ރަނގަޅަށްދާނީ ފަނޑިޔާރު ގޭގެ އެކި ކޯޓުތައް ހީވަނީ ކޮތަރު ކޮށްޓެއްހެން. އެކަށީގެންދާ ޓްރޭނިންނާއި ތަރިބިއްޔަތު ފަނޑިޔާރުންނަކަށް ނުލިބޭ. އަދި އެއާއެއްކޮށް އަޅުގަނޑުގެ ފިނޭންސް މިނިސްޓަރު ކަމުގައި ފަޑިޔާރުންގެ މުސާރަ ބޮޑުކޮށްދިން ފަހުން އަދި ބޮޑެއްނުވޭ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް އިބުރާހިމް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވަނީ އެމަނިކުފާނުގެ ވެރިކަމެއްގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޯޓުތަކުގެ ފަނޑިޔާރުންނަށް މިހާރު ލިބޭ މުސާރަ %75 މަތި ކުރައްވާނެކަމަށްވެސް ވިދާޅުވެފައެވެ. އަދި އޭގެ އިތުރުންވެސް ގާސިމް ވަނީ އެމަނިކުފާނުގެ އެހީގައި ތައުލީމު ހާސިލްކުރި ހުރިހާ ފަރާތްތަކަށް ދެއްވާފައިވާ ލޯނުތައްވެސް މާފްކުރެއްވިކަން ރޭ އިއުލާން ކުރައްވާފައެވެ.

ރޭ ކުނޫޒްގައި ބޭއްވި ޖަލްސާގައި ގާސިމްގެ މެނިފެސްޓޯ އިއުލާން ކުރިއިރު، މެނިފެސްޓޯގައިވަނީ 16 ކަމެއްގެ މައްޗަށް އަލި އަޅުވާލާފައި ވެއެވެ.

އެގޮތުން މެނިފެސްޓޯގެ މައިގަޑު އަސާސްތަކުގެ ގޮތުގައި ހިމަނުއްވާފައިވަނީ، ރައްޔިތުންގެ އިސްލާމީ ވަހުދަތާއި، ގައުމީ މިނިވަން ކަމާއި ސިޔާދަތު ދެމެހެއްޓުމާއި، ދިވެހިރާއްޖޭގައި ރައްޔިތުން އެދޭ، ރައްޔިތުންނަށް މަސްލަހަތުހުރި، ރައްޔިތުންނަށް ފައިދާ އާއި ލާބަ ހުރި ސިޔާސަތުތަކެއް ތަންފީޒުކުރާ ރައްޔިތުންގެ ވެރިކަމެއް ގާއިމުކޮށް، އާލާކޮށް ދެމެހެއްޓުމެވެ.

ޖޭޕީގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަން:

  • އަދުލު އިންސާފާއި ރައްކާތެރިކަން
  • ދަރަނިން ނެއްޓުން، އިގްތިސޯދީ ދުވެލި މެކުހަށް
  • ޔޮޓް ބަނދަރެއް ގާއިމުކުރުން
  • އިންޓަނޭޝަނަލް ގޮލްފް ރިސޯޓެއް ލ. އަތޮޅުގައި ގާއިމުކުރުން
  • އިންޓަނޭޝަނަލް ވޯޓާ ސްޕޯޓްސް ރިސޯޓެއް ގާއިމުކުރުން
  • ފްލޯޓިން ރިސޯޓެއް ގާއިމުކުރުން
  • ކައްދޫ އެއާޕޯޓް ބައިނަލްއަގުވާމީ އެއާޕޯޓަކަށް ހެދުން
  • ހުޅުމާލޭ ފޭސް 2ގައި ހޮސްޕިޓަލެއް އެޅުން
  • އިންޓަނޭޝަނަލް ކުރޫޒް ސިޓީއެއް ބިނާކުރުން
  • އިންޓަނޭޝަނަލް ވެލްނަސް ސިޓީއެއް ބިނާކުރުން
  • ބުޓިކް ރިސޯޓަށް ސަރަހައްދެއް ގާއިމުކުރުން
  • މަސް ބަންދުކުރާ ކޭނަރީއެއް ގާއިމުކުރުން
  • ޔޮޓް ބަނދަރެއް ގާއިމުކުރުން
  • ނ. އަތޮޅާއި ރ. އަތޮޅުގައި ޝިޕްޔާޑެއް ގާއިމުކުރުން
  • ގއ އަދި ގދ އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުން

ޖުމުހޫރީ ޕާޓީން ބުނެފައިވަނީ އެޕާޓީގެ މެނިފެސްޓީ އެކުލަވާލާފައިވަނީ 3 މަސްދުވަހުގެ މަސައްކަތުން ކަމުގައެވެ. އެގޮތުން މެނިފެސްޓޯ އެކުލަވާލެއްވުމުގައި އެކިއެކި ދާއިރާތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކުގެ ހިޔާލާއި މައުލޫމާތު ހޯދާފައިވާއިރު، މީގެތެރޭގައި 200 އަށްވުގެ ގިނަ މީހުންނަށް އިންޓަވިއު ކޮށްފައިވާކަމަށްވެސް ޖޭޕީން ބުނެފައި ވެއެވެ.

ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓްގެ ރަނިންމޭޓެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ އެޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބުރާހިމްއެވެ. ޖޭޕީން މިހާރު ތައްޔާރު ވަމުންދަނީ އެޕާޓީގެ ރިޔާސީ ކެމްޕޭން ލޯންޗުކުރުން އދ. މާމިގިލީގައި ބޭއްވުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އާއްމުރައްޔިތު
ވެރިޔާތިއުޅެނީީ ގައުމުު ނާޖާއިޒުގޮތެއްގަަ ނުހަމަަ ބޭނުންކުރަންތަަ ބަލަގަަ ރައްޔިތުންނައްގެއްލުންވާާ ގޮތައްް ކޯޓުތެރޭންް ކަންކަންް ނިންމުމައްޓަކާާ އެމީހުންގެެ ކަންތައްް އެންމެެ އިސްކުރުމަކީި ރައްޔިތުންނައްް ދޭއިންޒާރެއްކަންް ނުވިސްނޭޭ ގަމާރުންގޮތައްް ކަންތަކުރެވޭއިރުވެސްް ރެޔަކާާނުލާާ ސޭޓެއްް ކިހިނެތްް މިގައުމުގެެ ވެރިކަންކުރަނީީ އަނެއްކޮޅުންް ޓޫރިސްޓެއްގެގޮތުގަަ ރާއްޖެއަޔަސްް އަދިި މަގުމަތިންވެސްް ރީތިި އަންހެންކުއްޖެއްފެނިއްޖެއްޔާާ ފަހަތުދުވަންވެސްް ހުރެދާނެތޯއްޗެެ ސޭޓްް ރަގަޅުވާނީީ ކަޑަހިންގަންް ހުރިއްޔާާ އެހެންނޫނީވިއްޔާާ މިމަދުު ރައްޔިތުންކޮޅުު ލަދުންވެސްް ބޯހަލާކުވެދާނެެ