ޔާމިން މިނިވަން ކުރަން ނަޝީދު ގޮވާލުމަކީ، ގޮތް ހުސްވެގެގެން ޕީޕީއެމްގެ ތާއީދު ހޯދަން ޖެހި މަޅިއެއް

ޔާމިން މިނިވަން ކުރަން ނަޝީދު ގޮވާލުމަކީ، ގޮތް ހުސްވެގެގެން ޕީޕީއެމްގެ ތާއީދު ހޯދަން ޖެހި މަޅިއެއް

Author
ހުސެއިން
10 އޮގަސްޓް 2023 08:01
0

ކުރީގެ ރައީސް، އަދި އަލަށް އުފެއްދި ދަ ޑިމޮކްރެޓްސްގެ ބާނީ، މުހައްމަދު ނަޝީދު، ކުރީގެ ރައީސް ޔާމިން މިނިވަން ކުރުމަށް ގޮވާލީ ތާއީދު ގެއްލި ގޮތް ހުސްވެގެން ކަމުގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދު ވިދާޅުވެއްޖެއެވެ.

އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމިން މިނިވަން ކުރަން މުޒާހިރާއަށް ނަޝީދު ނިކުންނަވާނެ ކަމަށް ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ޕީޕީއެމްގެ އެހީތެރިކަން ހޯދުމަށް ކަމަށާއި، ހެޔޮ ނިޔަތެއް އޮތްނަމަ އެކަމަށް ގޮވާލާނީ މިއަދަކު ނޫން ކަމުގައެވެ.

އަދި އޭނާ ވިދާޅުވީ ޔާމިން މިނިވަން ކުރުމަށް ނަޝީދަށް ގޮވާލަން ޖެހުނީ ގޮތް ހުސްވެ، އޮތް ތާއީދުވެސް ފުނޑެމުން ދާތީ ކަމަށާއި އެއީ ޕީޕީއެމްގެ ރުހުން ހޯދުމަށް ޖެހި މަޅިއެއް ކަމުގައެވެ.

ނަޝީދު ޔާމިން މިނިވަން ކުރުމަށް ގޮވާލީ ގޮތް ހުސްވެ ޕީޕީއެމްގެ ތާއީދު ހޯދުމަށްކަމަށް ސައުދު ވިދާޅުވެފައިވާއިރު، ޑިމޮކްރެޓްސްއިން މިހާރު ކުރަމުންދާ ކެމްޕޭންގައި ރަށްތަކުގައި އެޕާޓީއަށް މާބޮޑު ތާއީދެއް ނެތްކަން ފާހަގަ ކޮށްލެވެއެވެ.

މިހަފްތާގަ ފުވައްމުލަކުގައި ދަ ޑިމޮކްރެޓްސްއިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދުވަނީ ރައީސް ޔާމިން މިނިވަންކުރުމަށް ގޮވާލާފައެވެ. އެހެންނަމަވެސް ނަޝީދު ޔާމިން މިނިވަން ކުރުމަށް ގޮވާލީ އިޚްލާސްތެރިކަމެއް އޮވެގެންކަމަށް ޚުދު ޕީޕީއެމްގެ ގިނަބަޔަކުވެސް ގަބޫލު ކުރަމުންނެއް ނުދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އިއްބެ
މަސްއޮޑިއަށްރޯމަސްނެގީމައިތެޅޭގޮތަށްވަކިވަރަކައްވުރެކަންބޮޑުވީމައިއިންސާނުންތެޅިފޮޅޭތަންފެނެއެވެއެއީވަކިވަރަކައްވުރެއަމިއްލައެދުންބޮޑުވެއެދޭއެދުންހާސިލުނުވުމުންނެވެ
މ މަރިޔަމް ބަސީރު
މީދެން ކާކުތަ ކޮންމެ ދުވަހަކު ހެޑްލައިނެއް ހަދަން
މ މަގުމަތީހަބަރު
ސައުދުމެންގެެ ވަޒީފާގެއްލިދާނެކަމައްް ހީވާލެއްބޮޑުވީމަަ މޮޔަގޮވެނީތަަ އިންސާފާާ ކެތްތެރިކަން އިސްކުރީމާާ ކަންކަންް ކާމިޔާބުވާނެެ މޮޔަގޮވާވަރަކައްް މާޔޫސްް އިތުރުވާނެެ އެއްވެސްމީހެއްގެެ ތަރިކަމުދަލަކައްް މިރާއްޖެނުވާނެެ ސައުދުވެސްް އަދިި ދެންހުރިމީހަކުވެސްް ކުރިމަތިލައިގެންް މަސައްކަތްކުރީމާރައްޔިތުންް ގޮތްނިންމާނީީ ފަހަރެއްގަވެސްް އަމިއްލަަ ބާރާނުފޫޒުންް ކަންކަންް ކުރަންނިންމުމަކީީ ނުކުޅެދޭޭ ވިސްނުމެއްް
މ މަރްޔަމް
އެއްވެސްއިންސާނަކުު ގޮތެއްހުހެއްނުވާނެ