ޖޭޕީގެ މެނިފެސްޓޯ ލޯންޗުކުރުން މިރޭ

ޖޭޕީގެ މެނިފެސްޓޯ ލޯންޗުކުރުން މިރޭ

Author
ހުސެއިން
09 އޮގަސްޓް 2023 02:07
0

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ޖުމުހޫރީ ޕާޓީގެ މެނިފެސްޓޯ ލޯންޗުކުރުން މިރޭ ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

ޖުމުހޫރީ ޕާޓީން ބުނެފައިވަނީ އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބުރާހިމް އަދި ރަނިންމޭޓް އަމީން އިބުރާހިމްގެ މެނިފެސްޓޯ ލޯންޗުކުރުން އޮންނާނީ މިރޭ، ޖޭޕީގެ މައި މަރުކަޒު، ކުނޫޒުގައި 9:30 ގައި ކަމަށެވެ.

މިރޭ ޖޭޕީގެ މެނިފެސްޓޯ ލޯންޗު ކުރުން ބާއްވާއިރު، އެޕާޓީގެ މެނިފެސްޓޯގަ ހިމެނޭ މުހިންމު އަސާސްތައް އެޕާޓީންވަނީ ގާސިމް އިބުރާހިމްއާއި ޓިކެޓް ހަވާލު ކުރުމަށް ބޭއްވި ޖަލްސާގައި ހާމަކޮށްފައެވެ.

ޖޭޕީގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ބައެއް ބައިތަކުގައި ތެރޭގައި ކުރިޔަށް އޮތް 5 އަހަރުގެ ތެރޭގައި 100 މިލިއަނަރުން ރާއްޖޭގައި އުފެއްދުމާއި، 30،000 ހައުސިން ޔުނިޓް އެޅުން ހިމެނެއެވެ. އަދި އޭގެ އިތުރުންވެސް ގާސިމް އިބުރާހިމް ވަނީ އެމަނުކުފާނުގެ ވެރިކަމެއްގައި ހުޅުމާލޭގައި ހުރި ހުރިހާ ފްލެޓްތަކެއްގެ ކުލި ކަނޑުއްވާލާނެކަމަށްވެސް ވިދާޅުވެފައެވެ.

ޖުމުހޫރީ ޕާޓީގެ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައިވަނީ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބުރާހިމްއެވެ. ޖުމުހޫރީ ޕާޓީގެ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭން ޝިއާރަކަށް ހަދާފައިވަނީ "ހާސް ކަނޑާލާ، ހަމަޖެހޭނެ!" މި ޝިޢާރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.