ނާޒިމްގެ ކެންޑިޑެސީ އީސީން ބަލައިގެންފި

ނާޒިމްގެ ކެންޑިޑެސީ އީސީން ބަލައިގެންފި

Author
މުޙައްމަދު ޝަޒައިމް
06 އޮގަސްޓް 2023 09:39
0

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް ކާނަލް މުހައްމަދު ނާޒިމް ކެންޑިޑަސީ ފޯމް އިލްކްޝަންސް ކޮމިޝަނަށް ބަލައިގެންފިއެވެ.

އީސީން ވަނީ ނާޒިމްގެ ފޯމުގައި ޤާނޫނީ މައްސަލައެއް ނެތްކަމަށް ނިންމައި، އެމްއެންޕީއަށް އަންގާފައެވެ. ނާޒިމްގެ ރަނިން މޭޓަކަށް ހަމަޖައްސަވާފައިވަނީ އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވެޑައިގަންނަވާ ޑރ. އަހްމަދު އަދީލް ނަސީރުއެވެ. އޭނާ ވަނީ 2019 ވަނަ އަހަރުގެ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރުކަމަށް އަމިއްލަ ގޮތުން ވާދަކުރައްވާފައެވެ.

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުއްވީ ނާޒިމްއެވެ. އެ ފޯމާއި އީސީން ހަވާލެވަޑައިގަތީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ނާޒިމަށް ޓިކެޓް ލިބިވަޑައިގަތީ ޕްރައިމަރީގައި އިތުރު ބޭފުޅަކު ވާދަނުކުރެއްވުމުންނެވެ.

އަންމަހުގެ 9 ވަނަދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް މިހާތަނަށް ތިން ޕާޓީއަކުން ވަނީ ކެންޑިޑަސީ ފޯމް ހުށައަޅާފައެވެ. އޭގެއިތުރުން އެހެން ސިޔާސީ ޕާޓީތަކާއި އަމިއްލަ ގޮތުން ބައެއް ފަރާތްތަކުން ވާދަކުރާނެކަން ވަނީ އިއުލާންކޮށްފައެވެ.

އިންތިޚާބުގައި ވާދަކުރުމުގެ މުއްދަތު މާދަމާ ހަވާއިރު، ކެނޑިޑޭޓުންގެ މެދުގައި ގުރުއަތު ނެގުން އޮންނާނީ ބުދަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.