ރައީސް ސޯލިހާއި ނާޒިމްގެ ކެންޑިޑެސީ ފޯމް މިއަދު ހުށަހަޅަނީ

ރައީސް ސޯލިހާއި ނާޒިމްގެ ކެންޑިޑެސީ ފޯމް މިއަދު ހުށަހަޅަނީ

Author
އަހުމަދު
06 އޮގަސްޓް 2023 08:31
0

އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްއެންޕީގެ ކެންޑިޑޭޓު، މުހައްމަދު ނާޒިމްގެ ކެންޑިޑެސީ ފޯމު މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅަން ނިންމައިފިއެވެ.

އެނގިފައިވާ ގޮތުގައި ރައީސް ސޯލިހުގެ ފޯމު ހުށަހަޅާނީ މިއަދު ހެނދުނު 9:00 ގައެވެ. އަދި ނާޒިމްގެ ފޯމް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ ހެނދުނު 10:00 ގައެވެ. މި ދެ ކެންޑިޑޭޓުންގެ ފޯމު ހުށަހެޅުން ވެސް ކުރިއަށްދާނީ ދަރުބާރުގޭގައި ހުންނަ އިންތިހާބީ މައި މަރުކަޒުގައެވެ.

ރައީސް ސޯލިހްގެ ރަނިންމޭޓަކަށް ހަމަޖައްސާފައި ވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. މަޖިލިހުގެ ދަނގެތި ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ނާޒިމްގެ ރަނިންމޭޓަކަށް ހަމަޖެއްސީ އައްޑޫ ހިތަދޫ ދެކުނު ދާއިރާއަށް ފާއިތުވެދިޔަ އްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރެއްވި ޑރ. އަހުމަދު އަދީލެވެ.

ޑރ. އަދީލްއަކީ ފުރަތަމަ ޑިގްރީ ހާސިލް ކުރައްވާފައިވަނީ ސްރީ ލަންކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންއިންނެވެ. އެއަށްފަހު އޭނާ ވަނީ މެލޭޝިއާގެ ޔުނިވަސިޓީ އޮފް މަލާޔާއިން ޓީޗިންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައެވެ. އޭނާ ޕީއެޗްޑީ ޙާސިލް ކުރެއްވީ ކިޔަވާދިނުމާއި ސްކޫލް މެނޭޖްމަންޓްގެ ދާއިރާއިންނެވެ. ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވީ ބުރޫނާއިގެ ދާރުއްސަލާމް ޔުނިވާސިޓީންނެވެ.

އަސްލަމަކީ ރައްޔިތުންގެ މަޖިލިހުގައި މިހާރު ހިމެނިވަޑައިގަންނަވާ އެންމެ ދުވަސްވީ އެއް މެމްބަރެވެ. މިއީ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ތަމްސީލް ކުރައްވާ ހަތަރު ވަނަ ދައުރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.