ޑރ.ޝަހީމްގެ ސިޔާސީ މުސްތަޤުބަލާއިމެދު މާދަމާ ގޮތެއް ނިންމަނީ

ޑރ.ޝަހީމްގެ ސިޔާސީ މުސްތަޤުބަލާއިމެދު މާދަމާ ގޮތެއް ނިންމަނީ

Author
މުޙައްމަދު ޝަޒައިމް
05 އޮގަސްޓް 2023 03:04
0

ސިޔާސީ މުސްތަގުބަލާއިމެދު ނިންމާ ނިންމުން މާދަމާ އިއުލާން ކުރައްވާނެކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއަށް ގިނަ ދުވަސް ތަކެއް ވަންދެން ޚިދުމަތް ކުރެއްވި ޑރ.ޝަހީމްގެ ސިޔާސީ ކުރިމަގާއިމެދު ގޮތެއް ނިންމަނީ ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕްގައި ރިޔާސީ ކެންޑިޑޭޓަކާއި ގުޅޭގޮތުން ޚިޔާލް ތަފާތުވެފައިވާ ދަނޑިވަޅެއްގައެވެ. ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަ ނުކުރެވޭ ހާލަތެއްގައި ޕްލޭން ބީއަކާއި، ސީއެއްވެސް އޮތްކަމަށް ޕީޕީއެމްއިން ދަނީ ބުނަމުންނެވެ.

ނަމަވެސް މިއިން އެއްވެސް ޕްލޭނެއްގައި ޑރ.ޝަހީމްގެ ނަންފުޅެއް ނެތެވެ. ޑރ.ޝަހީމަކީ ސިޔާސީ ގޮތުން ރާއްޖޭގެ ގިނަ ބައެއްގެ ތާއީދު އޮތް ބޭފުޅަކަށް ވީނަމަވެސް ޝަހީމަށް ސިޔާސީ މަސައްކަތުގައި ކުރިއަށް ދިއުމުގެ މާބޮޑު ޖާގައެއް ނިމިގެން މިދާ ފަސް އަހަރުގައި ޕީޕީއެމް ތެރެއިން ލިބިފައި ނުވެއެވެ.

ޑރ.ޝަހީމަކީ ރައީސް ޔާމީންގެ ނިމިދިޔަ އިންތިޚާބުގެ ރަނިން މޭޓެވެ. ޝަހީމްގެ ނިންމުން މާދަމާ އިއުލާން ކުރައްވާއިރު، ޑރ.ޝަހީމްގެ ޓުވީޓުން ސާފުވެފައިވަނީ ޕީޕީއެމް ނޫން ގޮތެއް ޚިޔާރު ކުރައްވަން އުޅުއްވާކަމެވެ. ނަމަވެސް ޑރ.ޝަހީމް ނިންމަވާނެ ސީދާ ނިންމެވުމެެއް އަދި ހާމަ ކުރައްވާފައި ނުވެއެވެ.

ސިޔާސީ މުސްތަޤުބަލާމެދު އަޅުގަނޑުގެ ނިންމުން މާދަމާ އިޢުލާންކުރާނެ ވާހަކަ ދަންނަވަން.

– ޑރ.ޝަހީމް ވިދާޅުވިއެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓާއިމެދު ގޮތްތަކެއް ނިމިގެންދަނީ މިއަދު ނޫނީ މާދަމާ ސްޕްރީމް ކޯޓުން ރައީސް ޔާމީންގެ މައްސަލާގައި ނިންމަވާ ގޮތެއްގެ މައްޗަށެވެ. ޕީއެންސީގެ ޓިކެޓް މުއިއްޒު ކާމިޔާބު ކުރައްވާފައިވާއިރު، ޑރ.ވަހީދު ވަނީ ކުށުގެ ރެކޯޑު ސާފުކުރުމަށް ހުށަހަޅުއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ވ ވ
ޔާމީނު ހާލުގާޖެހުނު ދުވަހު ހިޔެއްނުވެ ޔާމީނު ދޫކުރަށްވާ ސަހީމުފަދަ ހެޔޮވިސްނޭ.އަންސާފަށް ލޯބިކުރަށްވާ ބޭފުޅަކު ޕޕމ ދޫކުރަށްވާ ވަޑަގެންފާނެހެނެން ސަހީމުއަކީ މާހެޔޮލަފާ ބޭފުޅެއް އަދާލަތުގެ އިސްބޭފުޅުންފަދަ ބޭފުޅެންނޫނެންނު
އ އިމުރާން
5 އަހަރު މިނިސްޓަރުކަން ޗާންސެލަރުކަން އެޑްވައިޒަރުކަން ރަނިން މޭޓްކަންވެސް ދިން ސުވާލަކީ ށަހިމް ކޮށްދިނީ ކޮން ކަމެއްހޭ. ހުރިހާ އިއްޒަތެއް ހިފައިގެން ތިމާގެ އަންބޮޑި ބޮޑުކުރުން ނޫން ކަމެއް ނުކުރޭ