ޑރ. ވަހީދު ކުށުގެ ރެކޯޑު ސާފުކުރަން ފެށުމުން ޕީޕީއެމްގެ ސެނެޓް ހޫނު ވެއްޖެ!

ޑރ. ވަހީދު ކުށުގެ ރެކޯޑު ސާފުކުރަން ފެށުމުން ޕީޕީއެމްގެ ސެނެޓް ހޫނު ވެއްޖެ!

Author
ހުސެއިން
05 އޮގަސްޓް 2023 02:08
0

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ކުރީގެ ރައީސް ޔާމިންއަށް ފުރުސަތު ލިބިދާނެތޯ ސުވާލު އުފެދިފައި ވަނިކޮށް، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ޖެހިދާނެ ކަމަށް ބަލައި، ކުށުގެ ރެކޯޑު ސާފު ކުރެއްވުމަށް ހުށަހެޅުއްވުމުން ޕީޕީއެމްގެ ސެނެޓް ހޫނު ވެއްޖެއެވެ.

އިދިކޮޅު ކެނޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރެއްވުމަށް ރައީސް ޔާމިން ސުޕްރިމް ކޯޓަށް ހުށެހެޅުއްވި މައްސަލަ ސުޕްރިމް ކޯޓުގައި ކުރިޔަށް ދަނިކޮށް، ރައީސް ޔާމިންގެ އިރުޝާދުގެމަތިން، "ބެކް އަޕް" ކެނޑިޑޭޓެއްގެ ގޮތުގައި ޕީޕީއެމް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރިޔާސީ ޓިކެޓް މިހާރުވަނީ މާލޭ ސިޓީގެ މޭޔަރު ޑރ. މުއިއްޒުއާ ހަވާލު ކޮށްފައެވެ. ޑރ. މުއިއްޒު ޕީއެންސީގެ ރިޔާސީ ޓިކެޓް ކަށަވަރު ކުރެއްވީ، އެޕާޓީގެ މަޝްވަރާ މަޖިލިހުގައި ނެގުނު ސިއްރު ވޯޓު ޕީއެންސީގެ ނާއިބު ރައީސް އާދަމް ޝަރީފުއާއި ވާދަ ކުރައްވާ 2 ވޯޓުން ކުރި ހޯއްދަވައިގެންނެވެ.

އަދި ޑރ. މުއިއްޒު މިއަދުވަނީ ޕީއެންސީގެ ރަނިންމޭޓަކަށް، ރައްޔިތުންގެ މަޖިލިހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ހަމަޖައްސަވާފައެވެ. މައުލޫމާތުގެ މަތިން ޑރ. މުއިއްޒުގެ ރަނިންމޭޓަކަށް ހުސެއިން މުހައްމަދު ލަތީފް ހަމަޖެއްސެވީވެސް ރައީސް ޔާމިންގެ އިރުޝާދުގެ މަތިންނެވެ.

އެހެންނަމަވެސް، ޑރ. މުއިއްޒުއަށް ޕީއެންސީގެ ރިޔާސީ ޓިކެޓް ހަވާލު ކޮށްފައިވަނިކޮށް، ރޭ ބޭއްވުނު ރައީސް ޔާމިންގެ ކެނޑިޑަސީގެ މައްސަލައަށްފަހު ޕީޕީއެމްގެ ލީޑަރޝިޕްގެ ބޭފުޅުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، ރައީސް ޔާމިނަށް ވާދަ ނުކުރެއްވޭ ހާލަތުގައި ޕީޕީއެމްގެ ކެނޑިޑޭޓަކު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭ ކަމުގައެވެ.

ރައީސް ޔާމިނަށް ވާދަ ނުކުރެއްވޭ ހާލަތުގައި ޕީޕީއެމްގެ ކެނޑިޑޭޓަކު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭ ކަމަށް ޕީޕީއެމްގެ ލީޑަރޝިޕްގެ ބޭފުޅުން ވިދާޅުވަމުން ގެންދަވަނިކޮށް، ކުރީގެ ރައީސް ޑރ. ވަހީދު ކުށުގެ ރެކޯޑު ސާފުކުރުމަށް ހުށަހެޅުއްވުމުން، ޕީޕީއެމްގެ ސެނެޓްގެ ގިނަ މެމްބަރުން ނުރުހުން ފާޅު ކޮށްފައިވަނީ، ރައީސް ޔާމިންއަށް ވާދަ ނުކުރެވޭ ހާލަތުގައިވެސް ޕީޕީއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން، ޕްރިމަރީއަކަށް ނުގޮސް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަ ކުރުމުގެ ފުރުސަތު ޑރ. ވަހީދަށް ނޯންނާނެކަމަށް ވާތީއެވެ.

ޕީޕީއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުން ރައީސް ޔާމިން ނޫން ބޭފުޅަކު ދެން ރިޔާސީ އިންތިޚާބުގައި ވާދަ ކުރާނަމަ ޖެހޭނީ ޕްރައިމަރީއެއް ބާއްވާށެވެ.

ޕީޕީއެމްގެ އަސާސީ ގަވާއިދުގައިވާ ބުނެފައިވަނީ، ރައީސުލްޖުމޫރިއްޔާކަމުގެ މަގާމުގައި 5 އަހަރުގެ ދައުރެއް ފުރިހަމަ ކޮށްފައިވާނަމަ، ޕްރައިމަރީއަކަށް ނުގޮސް ޕީޕީއެމްގެ ރިޔާސީ ޓިކެޓް އެބޭފުޅަކަށް އެރުވިދާނެ ކަމުގައެވެ. ރައީސް ޔާމިނަށްވެސް ޕާޓީގެ ރިޔާސީ ޓިކެޓް އަރުވާފައިވަނީ އެ އުސޫލުގެ މަތިންނެވެ.

ރައީސް ވަހީދު ކުށުގެ ރެކޯޑު ސާފު މި ކުރައްވަނީ، ޕީޕީއެމްގެ ޓިކެޓްގައި އެހެން ބޭފުޅަކު ވާދަކުރުމަށް ޕާޓީގެ ރަސްމީ ނިންމުމެއް ނެތި. ސެނެޓްގެ ރުހުމެއްވެސް ނެތް އެކަމަކަށް. ރައީސް ޔާމިންގެ ކެނޑިޑަސީއަށް ހުރަސް އެޅޭ އެއްވެސް ކަމެއް ކޮށްގެން ނުވާނެ. އަނެއްކޮޅުން، މި ވީހާ ދުވަހު ޕީޕީއެމްގެ އެއްވެސް ހަރަކާތެއްގަ ބައިވެރިވެވަޑައެއް ނުގަންނަވާ. ހަނު ހުންނަވާފަ މި ވަޑައިގެންނެވީ އިއްޔެ ރައީސް ޔާމިންގެ ކެނޑިޑަސީގެ މައްސަލަ ކުރިޔަށް ދިޔަ ވަގުތާއި ދިމާކޮށް ސުޕްރިމް ކޯޓު ދޮށަށް.

ޚަބަރު އޮންލައިންއާއި ވާހަކަ ދެއްކެވި ޕީޕީއެމްގެ ލީޑަރޝިޕްގެ ބޭފުޅަކު، ރައީސް ވަހީދާ ދޭތެރޭ ސެނެޓްގެ ގިނަ މެމްބަރުން ހިތުގައި ހުރި އުދާސްތަކަށް އިޝާރާތް ކުރައްވަމުން ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ޕްރައިމަރީއަކަށް ނުގޮސް ދެން ޕީޕީއެމްގެ ޓިކެޓް އެޕާޓީގެ އެހެން ބޭފުޅަކަށް އެރުވެން އޮތް ހަމަ އެކަނި ގޮތަކީ ސެނެޓްގެ ބައްދަލުވުމެއް ބާއްވާ، އަސާސީ ގަވާއިދަށް ބަދަލު ގެނައުމެވެ. ރައީސް ޔާމިން ނޫން އެހެން ބޭފުޅަކަށް އެނޫން އެހެން އެއްވެސް ގޮތަކުން އެޕާޓީގެ ރިޔާސީ ޓިކެޓް މިހާރު އެރުވޭނެ ގާނޫނީ އެއްވެސް ހަމައެއް ނެތްކަމަށް ޕީޕީއެމްގެ އިސް ބޭފުޅުން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މިހާރު ޕީޕީއެމްގާ މަތިފަޑި ނަގާގެން ތިއުޅެނީޔާމިނުއައް ހެޔޮއެދިން ނޫމިހާރު ޕީޕިއެމްއިން އެނިކުންނަ ކޮންމެމީހަކީޔާ މިނުކަމައް ބަލގެން ކުރިޔައް ދިއުމަކީއެއްމެ ރަގަޅުގޮތް މިހާރު ތިދޭހަވަނީއަމިއްލަ ބޮޑިބަންނަތަން ހުރިހާމީހުންނަކީ މުޒާހަރާއައް ދާނެ ބަޔެއްނޫން ވަހީދުވެސް ޖަމީލުވެސް ޔާމިނުއައް ހެޔޮ އެދިން އެމަސައް ކަތް އެކުރަނީ ސެނެޓުގާ އެބައުޅޭތަ ޔާމިނުއައް ވަކިހެޔޮ އެދޭބަޔަކު ހެޔޮ އެދެނީނަމަ މިދަޑިވަޅުވެސް އެކަކު އަނެއް ކަކައް ފުރައްސާނުކޮއް ރަގަޅު ގޮތުގާ މަސައްކަތް ކުރުމީރަގަޅުގޮތް ރައްޔިތުން މިތިބީ ޔާމިނު މިނިވަން ކުރަން
ވ ވަރަބިންދާލި ކޮތަރު
ހާދަހާމައްސަލަބޮޑު ކޮއްގެން ކަންކަން ކުރަނީ ޑރ }ޖަމީލުއާ ޑރމުހައްމަދު މުއިއްޒު ވާދަކުރެއްވުމުން ހުރިހާމައްސަލަތަށް ނުޖެހި ނިމޭނެ . ރައީސް ޔާމީނަށް ކުރިމަތި ނުލެއްވި ހާލަތުގަ . ދެޕާޓީއަކީ އެކައްޗަކަށް ވާއިރު . ފިތުނަ އުފެދޭނެ ގޮތަށް ފުރުސަތު ފަހިނުކޮއް ނިއްމަން ޖެހޭ .
ރ ރަސީދު ފޭދޫ
ތިހުރިހާމީހުންވެސް ތެޅެނީ ހަމަވެރިކަމައްހުރިދަހިވެތި ކަމެއްގެ ބޮޑުކަމުން ޕީޕީ އެމުން ޔާމީނު މިނިވަންކުރަން އުޅޭކަމައް ދައްކަނީ ހަމަދަޅަ އާދަމްޝަރީފާ މުއިއްޒުވެސް ބުނީޔާމީނައްޓަކާ ގުރުބާންވާކަމައް ފަހުވަގުތު ބަލާބަލަ ތެޅިގައްވަރު ތިތާނެއް ދެވަރެއްގެ ދެމީހެއް ހުސްވަގުންތީ ފުރުސަތަކައްބަލަބަލާމިތިބެނީ ތިމުއިއްޒުގެ ވާހަކަ ދައްކާތާކިހާދުވަހެއް ޖަމީލުނޫނީ ނެއް ޔާމީނައްހެވެއް އެދި ހުރިހަމައެކަކުވެސް ކިހާހަޑިކޮއް ޕީޕީއެމުން ޖަމީލުބޭރުކުރީ
އ އައިސް
ތައުލީމީ މީހުންވީމަ އެ މްޑީޕީ ހައިވާނުން ހަޖަމުނުވަނީ
އ އަލިފުތު
ތިޔަތިބީ ދެ ފެހުރިއްސެވެ. ވަހީދަކީ ޕްރޫވަން ފެހުރިއްސެކެވެ. މުއިއްޒަކީ ޔަގީން ފެހުރިއްސެކެވެ. ދެގޮތުންވެސް ޔާމީނަށް ޕާރޓީ ގެއްލޭނެއެވެ. ކުރާނެކަމެއް ނެތެވެ. ތަގްދީރުގައި އޮތްގޮތަކަށް ކަންކަން ނިމޭނެއެވެ. ޕީޕީއެމް އަކީވެސް ބަޔަކު އަތުން ދަމައިގަތް ޕާރޓީއެކެވެ.