މާލޭގައި މީހަކު ރަހީނުކޮށް ފައިސާތަކެއް ފޭރިގެންފި

މާލޭގައި މީހަކު ރަހީނުކޮށް ފައިސާތަކެއް ފޭރިގެންފި

Author
މުޙައްމަދު ޝަޒައިމް
04 އޮގަސްޓް 2023 10:57
0

މާލޭގައި މީހަކު ރަހީނުކޮށް އޭނާގެ އަތުން ފައިސާތަކެއް ފޭރިގެންފިއެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ މިފަދަ މައްސަލައެއް ގެސްޓްހައުސްގެ ތެރޭގައި ހިނގައިގެން މިއަދު ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި މީހާ ރަހީނުކޮށް އޭނާގެ ބޭންކް އެކައުންޓްގައި ހުރި ފައިސާ އެހެން އެކައުންޓަކަށް ޓްރާންސްފާ ކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

ފޭރުނު ފައިސާގެ އަދަދާއި މިކަން ކުރި މީހުންނާ ގުޅޭ އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މިމައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދިޔަ ނަމަވެސް މައްސަލައިގެ ތުހުމަތުގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.