ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމުން އިސްތިޢުފާ ދެއްވުމަށްފަހު ލީލާ އިބްރާހިމް މަނިކު ޑިމޮކްރެޓްސް އަށް ސޮއި ކުރަށްވައިފިއެވެ.
ލީލާގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވަނީ އެހެން ދާއިރާއެއްގައި މަސައްކަތް ކުރެއްވުމަށް ބޭނުންވާތީ ޓްރައިބިއުނަލްގެ މެންބަރުކަމުން އިސްތިއުފާ ދެއްވާ ކަމަށެވެ.
ޓްރައިބިއުނަލްގެ މެންބަރުކަމުން އިސްތިއުފާ ދެއްވުމަށްފަހު ލީލާ މިއަދު ވަނީ ދަ ޑިމޮކްރެޓްސްއަށް ސޮއި ކުރައްވާފަ އެވެ. އަދި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ތ. އަތޮޅާއި ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައިވެސް ލީލާ ބައިވެރިވެ ވަޑައިގަންނަވައެވެ.
We’re delighted to have Leela Ibrahim Manik joining in on our campaign trip to Thaa atoll, after she resigned today as member of the Employment tribunal. #WeTheDemocrats#WhyTheDemocrats https://t.co/Ae0qawqtR6
— The Democrats (@TheDemocratsMV) August 2, 2023
ލީލާގެ އިތުރުން ޕްލޭނިން މިނިސްޓްރީގެ ވަޒީރުގެ ނައިބުގެ މަގާމުގައި ހުންނެވި ފާތިމަތު ނިއުމާވެސް ވަނީ މަޤާމުން އިސްތިއުފާދެއްވުމަށްފަހު ޑިމޮކްރެޓްސް އަށް ސޮއިކުރައްވައިފައެވެ.
ނިއުމާ އިއްޔެ އެ މަގާމުން އިސްތިއުފާދެއްވާ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ޕްލޭނިން މިނިސްޓްރީގެ ވަޒީރުގެ ނައިބުގެ މަގާމުން އިސްއިއުފާދެއްވާފައިވާ ކަމަށާއި އެ ފުރުސަތު އޭނާއަށް ދެއްވި ކަމަށްޓަކައި ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވާ ޑިމޮކްރަޓްސް އުފައްދަވާފައި ވަނީ އެމަނިކުފާނަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ލިބިވަޑައިގަތް ނާކާމިޔާބީއަށް ފަހުގައެވެ.
ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.
ކޮމެންޓު ފޮނުވާ