"ގޫމަރު" ގައި ބަތަލާ ސައްޔާމީގެ އެއް އަތް ނެތް

"ގޫމަރު" ގައި ބަތަލާ ސައްޔާމީގެ އެއް އަތް ނެތް

Author
ފާތިމަތު ނާވީ
03 އޮގަސްޓް 2023 05:06
0

އަންނަ މަހުގެ 18 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ އަބީޝޭކް ބައްޗަންގެ އާ ފިލްމު "ގޫމަރު" ގެ ޓިޒާއެއް ދައްކައިލައިފިއެވެ.

އަބިޝޭކް އާއި އެކުގައި މި ފިލްމް އިން ފެނިގެންދާނީ ބަތަލާ ސައްޔާމީ ކޭރްއެވެ. އޭނާ މި ފިލްމްގައި ފެންނާނީ އެއް އަތް ނެތް ކްރިކެޓް ކުޅުންތެރިންގެ ރޯލުންކަން މި ޓިޒާއިން ވަނީ ކަށަވަރުކޮށް ދީފި އެވެ.

 

View this post on Instagram

 

A post shared by Saiyami Kher (@saiyami)

 

މި ސްޕޯޓްސް ޑްރާމާ ފިލްމު ޑައިރެކްޓުކުރަނީ "ޕާ" އާއި "ޕެޑްމޭން" ކަހަލަ މަޝްހޫރު ބޮލީވުޑްގެ ފިލްމުތަކުގެ ޑައިރެކްޓަރު، އާރު ބަލްކީ އެވެ. "ޗީނީ ކަމް" އާއި "ކީ އެންޑް ކާ" ވެސް ގެނެސްދިން ޑައިރެކްޓަރުގެ އެންމެ ފަހުގެ މިދިޔަ އަހަރު ސަނީ ޑިއޯލް އާއި ދަލްގޫރް ސަލްމާނާ އެކީ ގެނެސްދިން "ޗުޕް: ރިވެންޖް އޮފް ދި އާޓިސްޓް" އެވެ.

އަބީޝޭކްއާ އެކު މި ފިލްމުގެ މުހިންމު ރޯލުތަކުން ފެންނާނީ ސަޔާމީ ކޭރު، އަންގަދު ބޭޑީ އަދި ޝަބާނާ އަޒްމީ އެވެ. މި ފިލްމުގައި އަބީޝޭކް ކުޅެނީ ކްރިކެޓް ކޯޗެއްގެ ރޯލެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.