"ލިއޯ" ގައި ސަންޖޭ ފެންނަ ގޮތް ދައްކައިލައިފި

"ލިއޯ" ގައި ސަންޖޭ ފެންނަ ގޮތް ދައްކައިލައިފި

Author
ފާތިމަތު ނާވީ
03 އޮގަސްޓް 2023 12:09
0

ކަންނާޑާ ފިލްމް "ކޭޖީއެފް 2″ ގައި ނެގެޓިވް ރޯލެއް ކުޅެ ބެލުންތެރިންގެ ހިތް އަތުލި،  ބޮލީވުޑްގެ ތަރި ސަންޖޭ ދަތުގެ ތަމަޅަ ފިލްމު ގައި އޭނާ ފެނިގެންދާ ގޮތް ދައްކައިލައިފިއެވެ.  މީ ސަންޖޭގެ ފުރަތަމަ ތަމަޅަ ފިލްމްއެވެ.

ސަންޖޭގެ 64 ވަނަ އުފަންދުވަހުގެ މުނާސަބަތުގައި އެ ފިލްމުގައި އޭނާ ފެންނާނެ ގޮތުގެ ޓީޒާއެއް ނެރުނީ އޭގެ ޑައިރެކްޓަރު ލޮކޭޝް ކަނަގަރާޖެވެ. ސަންޖޭ ގެ އަލަތު ތަމަޅަ ފިލްމްގެ ނަމަކީ "ލިއޯ"އެވެ.

އެކްޝަން މި ފިލްމުގެ ލީޑް ތަރިއެއްގެ ގޮތުގައި ފެނިގެންދާނި ލޮކޭޝް ކަނަގަރާޖްގެ އެންމެ ފަހުން ޑައިރެކްޓް ކުރި "މާސްޓާ" ގެ ބަތަލު ވިޖޭ ތަލަޕަތީ އެވެ. ދެން "ލިއޯ" ގެ އިތުރު ކާސްޓުގެ ތެރޭގައި ތަމަޅަ ތަރިންގެ ތެރެއިން ޓްރިޝާ އާއި އަރުޖުން އާއި ޕްރިޔާ އާނަންދާއި ބާބޫ އެންތަނީ އާއި ޖޯޖް މަރިއަން ހިމެނެއެވެ.

މިއީ ދެކުނު އިންޑިއާ ސިނަމާގެ ފިލްމެއްގައި ސަންޖޭ މަސައްކަތްކުރާ ދެވަނަ ފަހަރެވެ. ބެލުންތެރިން އިންތިޒާރު ކުރަމުން އަންނަ މި ފިލްމު ސިނަމާތަކުގައި އަޅުވަން ފަށަނީ އަންނަ އޮކްޓޯބަރު މަހު 19 ގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.