"ދުލްހަނިޔާ"ގެ ތިންވަނަ ފިލްމު

"ދުލްހަނިޔާ"ގެ ތިންވަނަ ފިލްމު

Author
ފާތިމަތު ނާވީ
03 އޮގަސްޓް 2023 04:19
0

ވަރުން ދާވަން އާއި އާލިއާ ބަޓް، ގެ ޖޯޑު ފެނިގެންދާ ފިލްމް "ދުލްހަނިޔާ" ގެ އިތުރު ފިލްމް އެއް ބެލުނަތެރިންނަށް ގެނެސްދިނުމަށް ތައްޔާރު ވަމުން އަންނަ ކަމަށް މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ބުނެފިއެވެ.

ދުލްހަނިޔާގެ ފުރަތަމަ ފިލްމު "ހަމްޓީ ޝަރްމާ ކީ ދުލްހަނިޔާ" އާއި "ބަދުރީނާތު ކީ ދުލްހަނިޔާ" އިން ވެސް ފެނިގެންދިއައީ މިދެތަރިން އެކުގައިއެވެ. މި ދެ ފިލްމް އަކީ ވެސް ބޮކްސް އޮފީހުގައި ވެސް ވަރަށް ކާމިޔާބު ފިލްމުތަކެކެވެ.

 

View this post on Instagram

 

A post shared by Alia Bhatt 💛 (@aliaabhatt)

ވަރުން އާއި އާލިއާ ދެން އެކުގައި ފިލްމަކުން ފެންނާނީ ކޮންއިރަކުތޯ ފޭނަކު ސުވާލުކުރުމުން ވަރުން ބުނީ "ދުލްހަނިޔާ 3″ގެ މަސައްކަތް އޭގެ ޑައިރެކްޓަރު، ޝަޝަންކް ކައިތަން ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ފިލްމް އާއި ގުޅޭ އިތުރު މައުލޫމާތެއް މިހާތަނަށް އަދި ހާމައެއް ކޮށްފައިއެއް ނުވެއެވެ.

އަނެއްކޮޅުން މި ސިރީޒްގެ ފިލްމް ތަކަކީ ބޮލީވުޑްގެ ނުފޫޒު ގަދަ ފިލްމް މޭކާ ކަރަން ޖޯހަރު ފިލްމް ކުންފުނީގެ ފިލްމް ތަކެކެވެ. ފާހަގަ ކޮށްލަން ޖެހޭ ކަމަކީ މި ދެތަރިންނަކީ ކަރަންގެ ފިލްމް އަކުން ބޮލީވުޑްއަށް ތައާރަފްވި ދެތަރިން ކަމެވެ.

 

View this post on Instagram

 

A post shared by VarunDhawan (@varundvn)

ވަރުން އާލިއާ ބޮލީވުޑަށް ތައާރަފުވީ ކަރަން ޖޯހަރުގެ ފިލްމު "ސްޓޫޑެންޓް އޮފް ދި އިޔާ" އިން 2012 ވަނަ އަހަރު އެވެ. މި ފިލްމް ވެގެން ގޮސްފައިވަނީ ދެތަރިންގެ ކެރިއައރުގައި ވަރަށް މުހިންމު ފިލްމް އަކަށެވެ.

އެ ފިލްްމް އާއި އެކުގައި ދެތަރިންގެ ކެރިއަރު ފެށިނަމަވެސް މިއަދި މި ދެތަރިންނަކީވެސް ބޮލީވުޑްގައި އެންމެ ނަންހިނގާ ދެތަރިންނެވެ. އަދި ދެތަރިން ވެސް އަންނަނީ ބޮޑެތި ޕްރޮޖެކްޓް ތަކެއްގައި މަސައްކަތް ކުރަމުންނެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.