ބޮލީވުޑްގެ ޒުވާން ބަތަލާ ކްރިތީ ސެނޮން އަމިއްލަ ސްކިންކެއާ ބްރޭންޑެއް ލޯންޗްކޮށްފިއެވެ.
"ހައިފަން" ގެ ނަން ދީފައިވާ މޮ ސްކިންކެއާ ބްރޭޑް ލޯންޗް ކޮށްފައިވަނީ އޭނާގެ އުފަންދުވަހާއި ދިމާކޮށެވެ. މިދިއަ ޖުލައި މަހުގެ 27 ވަނަ ދުވަހު ކްރިތީ ވަނީ އޭނާގެ 33 ވަނަ އުފަންދުވަސް ވަރަށް ކުލަގަދަކޮން ފާހަގަ ކޮށްފައިއެވެ.
މިހާރު ބޮލީވުޑްގައި އެންމެ ނަގާކިޔާ ބަތަލާއިންގެ ތެރޭގައި ހިމެނޭ ކްރިތީ ބުނީ އަނެއްކާ އިތުރު އެހެން ކަމަކަށް އިންވެސްޓްކުރުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި އަމިއްލަ ސްކިންކެއާ ބްރޭންޑެއް ލޯންޗްކުރުމަކީ އަބަދު ވެސް ދެކެމުން އައި ހުވަފެނެއް ކަމަށެވެ.
ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ކްރިތީ ވަނީ މި މަހުގެ ކުރީކޮޅު ބްލޫ ބަޓަފްލައި ފިލްމްސް ކިޔާ އަމިއްލަ ފިލްމު ކުންފުންޏެއް ވެސް ލޯންޗްކޮށްފަ އެވެ. އަދި މި ޕްރޮޑަކްޝްންގެ ދަށުން އުފައްދާ ފުރަތަމަ ފިލްމް ވެސް ވަނީ އިއުލާން ކޮށްފައިއެވެ.
އެންމެ ފަހުން ކްރިތީ ފެނިގެންދިއައި މިދިޔަ މަހު ރިލީޒްކުރި "އާދިޕުރުޝް" އިންނެވެ. ކުރިއަށް އޮތް ދެ އަހަރެއްހައި ދުވަހު އޭނާ ވަރަށް ބިޒީވާނެއެވެ. ކްރިތީ ސޮއި ކޯށްފައިވާ ގިނަ ފިލްމް ތަކެއް އެބަހުއްޓެވެ.
ކޮމެންޓު ފޮނުވާ