ބަތަލާ ސާރާ އާއި އޭނާގެ ބައްޕަ އެކްޓަރު ސައިފް އަލީ ހާން އެކުގައި ކުޅުނު އިޝްތިހާރު ދައްކަން ފަށައިފިއެވެ.
މިއީ އިންޝުއަރެންސް ކުންފުންޏެއް ކަމަށްވާ އެކޯގެ އިޝްތިހާރެކެވެ. މި އިޝްތިހާރަށް ގިން ބަޔަކު ދިއައީ އިންތިޒާރު ކުރަމުންނެވެ. ސަބަބީ އެދެމީޙުން އެކުގައި ސްކްރީން އިން ފެނިގެންދާ ފުރަތަމަ ފެނިލުމަށް ވުމެވެ.
ސާރާ ވަނީ މި އިޝްތިހާރު އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިއެވެ. ޒުވާން ބަތަލާ އަކީ މިހާރު ބޮލީވުޑްގައި ވަރަށް ނަން ހިނގާ އަދި އެހާމެ ބިޒީ ބަތަލާއެކެވެ.
ބައްޕަ އާއި އެކުގައި ސާރާ އިޝްތިހާރެއް ކުޅުނު އިރުގައި މިފަހުން އޭނާ ވަނީ މާމާ ޝަރުމީލާ އާއި އެކުގައިވެސް އިޝްތިހާރަކުން ފެނިގެންގޮސްފައިއެވެ. އެއީ "މާމާ އާތު" ބްރޭންޑްގެ ފިޔާ ޝޭމްޕޫ އިޝްތިހާރެކެވެ. މި ޝޭމްޕޫގެ އިޝްތިހާރެއް ކުރިން ސާރާ ވަނީ މަންމަ އަދި ބަތަލާ އަމްރިތާ ސިންގްއާ އެކީ ވެސް ކުޅެފައެވެ.
ކޮމެންޓު ފޮނުވާ