ލިވަޕޫލް ދޫކޮށް ބްރެޒިލްގެ ފަބީނިއޯ އަލް އިއްތިހާދަށް

ލިވަޕޫލް ދޫކޮށް ބްރެޒިލްގެ ފަބީނިއޯ އަލް އިއްތިހާދަށް

ގުޅުންހުރި

ލިވަޕޫލަށް ކުޅެމުން އައި ބްރެޒިލްގެ ޑިފެންސިވް މިޑްފީލްޑަރު ފަބީނިއޯ ސައުދީ ޕްރޯ ލީގުގެ އަލް އިއްތިހާދަށް ބަދަލުވެއްޖެއެވެ.

މޮނާކޯ ދޫކޮށް 2018 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވި ފަބީނިއޯގެ ސޮއި ހޯދަން އެ ޓީމުން 43 މިލިއަން ޑޮލަރު ހޭދަކުރި އެވެ. ފަބީނިއޯ ވަނީ ލިވަޕޫލަށް ކުޅެދިން ފަސް އަހަރު ތެރޭ އެ ޓީމަށް ޖުމްލަ އެކު، 219 މެޗު ކުޅެދީފައެވެ. އަދި އެ ޓީމާ އެކު، ޗެމްޕިއަންސް ލީގާއި ޕްރިމިއާ ލީގާއި ކްލަބް ވޯލްޑް ކަޕް، ލީގު ކަޕް އަދި އެފްއޭ ކަޕް ކާމިޔާބުކުރިއެވެ.

ލިވަޕޫލް ދޫކޮށް އޭނާ އަލް އިއްތިހާދަށް ބަދަލުވީ ތިން އަހަރު ދުވަހުގެ އެއްބަަސްވުމެއްގެ ދަށުންނެވެ. އެ ކުލަބާއެކު އޭނާ ސޮއިކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ފަބީނިއޯ ހޯދުމަށް އަލް އިއްތިހާދުން ވަނީ 40 މިލިއަން ޕައުންޑު ހޭދަކޮށްފައެވެ. މިއީ ލިވަޕޫލް ދޫކޮށް ސައުދީ ޕްރޯ ލީގަށް ބަދަލުވި ދެ ވަނަ ކުޅުންތެރިޔާއެވެ. ފަބީނިއޯގެ ކުރިން އެ ޓީމުގެ ކެޕްޓަން ޖޯޑަން ހެންޑަސަން ވެސް ވަނީ ސައުދީ ލީގުގެ އަލް އިއްތިފާގަށް ސޮއިކޮށްފައެވެ.

އުމުރުން 29 އަހަރުގެ ކުޅުންތެރިޔާ އަށް ބްރެޒިލް ޤައުމީ ޓީމުން ޖާގަ ލިބުނީ 2015 ވަނަ އަހަރުއެވެ. ޤައުމީ ޓީމަށް އޭނާ ވަނީ 29 މެޗެއް ކުޅެދީފައެވެ. ބްރެޒިލާއެކު ފަބީނިއޯ އެންމެ ފަހުން ކުޅެފައި ވަނީ މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕްގައެވެ. މި ފަހަރުގެ ޓްރާންސްފާގައި އަލް-އިއްތިހާދުން ވަނީ މީގެ ކުރިން ރެއާލް މެޑްރިޑްގެ ކަރިމް ބެންޒެމާ އާއި ޗެލްސީގެ އެންގޯލޯ ކާންޓޭގެ ސޮއި ވެސް ހޯދައިފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ