ރައީސް ޔާމިންގެ މަންމާފުޅު ފާތިމަތު ހަސަން މިއަދު ހެނދުނު ސްރީލަންކާގައި އަވަހާރަ ވެއްޖެއެވެ.
މަންމާފުޅު އަވަހާރަވިއިރު އުމުރުފުޅަކީ 86 އަހަރެވެ. އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ފާއިތު ވުމަށްފަހުއެވެ.
ފާތިމަތު ހަސަން އަވަހާރަވިއިރު 6 ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވިއެވެ. އަދި ދިރިއުޅުއްވަމުން ގެންދެވީ ދަރިކަނބަލުން މުސްލިމާ އަބްދުލްގައްޔޫމާއާއެކު ސްރީ ލަންކާގައެވެ. މުސްލިމާ އަބްދުލްގައްޔޫމާއާއެކީ ރައީސް ޔާމިންއާ އެއްބަޑު އެއްބަފާ ބޭކަނބަަލެކެވެ.
އާމިނަތު ހަސަންއަކީ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގުގެ ބޮޑުދައިތާފުޅު ވެސްމެއެވެ.
ރައީސް ޔާމިންގެ މަންމާފުޅު އަވަހާރަވީއިރު އެމަނިކުފާނު ހުންނެވީ، ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަން ޖަލުގައެވެ.
ކޮމެންޓު ފޮނުވާ