ގދ. ރަތަފަންދޫ ކައުންސިލްގެ ނައިބު ރައީސާ، އަމާނީ މުއީން ދަ ޑިމޮކްރެޓްސް މިއަދު ސޮއި ކޮށްފިއެވެ. އަމާނީ މިހާތަނަށް ހުންނެވީ އެމްޑީޕީގައެވެ. އޭނާއަކީ އެރަށު އެމްޑީޕީ ހަރަކާތަތްކުގައި ވަރަށް އިސްކޮށް ހަރަކާތަތެރިވީ ފަރާތެކެވެ.
އަމާނީ ދަ ޑިމިކްރެޓްސްއަށް ސޮއި ކުރުމަށްފަހު އޭނާގެ ފޯމު ހަވާލު ކޮށްފައިވަނީ، "ދަ ޑިމޮކްރެޓްސް" އުފެއްދުމުގައި އިސްކޮށް އުޅުއްވި، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑައިރެކްޓަރ ހުސެއިން އަމްރުއާއެވެ.
"ދަ ޑިމޮކްރެޓްސް" ސޮއި ކުރުމަށްފަހު ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން އަމާނީ ވިދާޅުވެފައިވަނީ އޭނާ "ދަ ޑިމޮކްރެޓްސް"އަށް ސޮއިކުރީ އެމްޑީޕީގެ ސިޔާސަތުތަކާއެކު ދެން ކުރިޔަށް ނުދެވޭނެކަމަށް ގަބޫލު ކުރާތީ ކަމުގައެވެ.
"ދަ ޑިމޮކްރެޓްސް"ގެ އިސް ބޭފުޅުން ގެންދަވަނީ ރާއްޖޭގެ އެކި ރަށްތަކުގައި އެޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް މަސައްކަތް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ