މައުމޫން ފައުންޑޭޝަން އުވާލަން ނިންމައިފި

މައުމޫން ފައުންޑޭޝަން އުވާލަން ނިންމައިފި

ކުރީގެ ރައީސް މައުމޫން އުފައްދަވާފައިވާ "މައުމޫން ފައުންޑޭޝަން" އުވާލަން ނިންމައިފިއެވެ.

މައުމޫން ފައުންޑޭޝަން އުވާލަން ނިންމާފައިވަނީ، ލިޔެކިޔުން ހަމަނުވާތީ 1،989 ޖަމުޢިއްްޔާއެއް އުވާލުމަށް އިތުރު ފުރުސަތެއް ދިނުމަށްފަހު،  މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން މިއަދު އުވާލަން ނިންމި ޖަމިއްޔާތަކުގެ ތެރޭގައި ހިމެނިގެންނެވެ.

އެހެންނަމަވެސް މައުމޫން ފައުންޑޭޝަން އުވިގެންދިޔަ ނުދިނުމަށް އަންނަ ސެޕްޓެމްބަރު 24 ވަނަ ދުވަހާއި ހަމައަށް، ޖަމިއްޔާތަކުގެ ރެޖިސްޓްރާއަށް ހުށަހެޅޭނެއެވެ.

ޔޫތު މިނިސްޓްރީއިން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ 2023 ވަނަ އަހަރުގެ ނިޔަލަށް ވިދިވިދިގެން 2 އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާތީ ނުވަތަ ހިންގާ ކޮމެޓީ ރަޖިސްޓްރީ ކޮށްފައި ނުވާތީ 1،989 ޖަމިއްޔާ އުވާލުމަށް ނިންމާފައިވާ ކަމަށެވެ.

މި އިޢުލާނުގައި އިތުރަށް ބުނެފައިވަނީ، މި ޖަމްޢިއްޔާތަކުގެ ތެރެއިން ޖަމްޢިއްޔާއެއް އުވާލުން ހުއްޓުވައިދިނުމަށް އެދޭ ޖަމިއްޔާތަކުން، އެ ޖަމްޢިއްޔާގެ މެންބަރަކަށް ނުވަތަ މަޞްލަޙަތު އޮތް ތިންވަނަ ފަރާތަކަށް ޖަމްޢިއްޔާތަކުގެ ރަޖިސްޓްރާރ އަށް ލިޔުމުން ހުށަހެޅުމުގެ ފުރުޞަތު 24 ސެޕްޓެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 14:00 އާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އިންއެކްޓިވް ޖަމިއްޔާތައް އުވާލުމަށް ނިންމައި ޔޫތު މިނިސްޓަރީން އެޖަމުޢިއްޔާތަކުގެ ލިސްޓު އާއްމުކޮށްފައި މިވަނީ އެ ޖަމުޢިއްޔާތަކަށް ލިޔެކިޔުން ފުރިހަމަ ކުރުމަށްޓަކައި މިދިޔަ އަހަރު ޑިސެމްބަރު މަހުވެސް އިތުރު ފުރުސަތެއް ދިނުމަށް ފަހުއެވެ.

ރައީން މައުމޫން އުފައްދަވާފައިވާ "މައުމޫން ފައުންޑޭޝަން"އަކީ ފުޅާ ދާއިރާއެއްގައި ދީނީ ހޭލުންތެރިކަން އިތުކުރުމަށް ޕްރޮގްރާމްތައް ކުރިޔަށް ގެންދާ ފައުންޑޭޝަންއެކެވެ.

މައުމޫން ފައުންޑޭޝަން އުވާލަން ނިންމާފައިވާއިރު، ރައީސް މައުމޫން އުފައްދަވާފައިވާ ސިޔާސީ ޕާޓީ، އެމްއާރުއެމް، ސިޔާސީ ޕާޓީތަކުގައި މެމްބަރުން ތިބެންޖެހޭ އަދަދަށް މެމްބަރުން ހަމަ ނުކުރެވިގެން، އިލެކްޝަންސް ކޮމިޝަނުން ވަނީ އުވާލަން ނިންމާފައެވެ. އެހެންނަަމަވެސް އެޕާޓީން ކޯޓަށް ދިއުމުން، ކޯޓުގެ ވަގުތީ އަމުރަކުން، އެޕާޓީ އުވާލުމުގެ މަސައްކަތް ވަނީ ވަގުތީ ގޮތުން ހުއްޓުވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *