އިމިގްރޭޝަންގެ ކޮންޓްރޯލަރ ހަނަފީ އެމްޑީޕީއަށް ސޮއި ކުރައްވައިފި

އިމިގްރޭޝަންގެ ކޮންޓްރޯލަރ ހަނަފީ އެމްޑީޕީއަށް ސޮއި ކުރައްވައިފި

Author
ހުސެއިން
27 ޖުލައި 2023 02:34
0

އިމިގްރޭޝަންގެ ކޮންޓްރޯލަރގެ މަގާމުގައި ހުންނެވި، މުހައްމަދު ހުސެއިން އަބުދުލް ޢަނީ (ހަނަފީ) އެމްޑީޕީއަށް ސޮއި ކުރައްވައިފިއެވެ. އޭނާ އެމްޑީޕީއަށް ސޮއި ކުރައްވާފައިވަނީ މިއަދު ރައީސުލްޖުމުހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހުގެ އަރިހުގައެވެ.

ހަނަފީއަކީ ކުރިން ޖުމުހޫރީ ޕާޓީގެ މެމްބަރެކެވެ. އޭނާ ކޮންޓްރޯލާރ ކަމަށް ވަޑައިގެންނެވީވެސް ޖުމުހޫރީ ޕާޓީގެ ސްލޮޓެއްގައެވެ. އެހެންނަމަވެސް ފާއިތުވި ޖޭޕީގެ ކޮންގްރެސްގެ އެޕާޓީގެ ޑެޕިއުޓީ ލީޑަރުކަމަށް ކުރިމަތިލާ އޭނާވަނީ ބަލިވެފައެވެ. އަދި އެއަށްފަހު ފާއިތުވި މާރޗުމަހު، ގާސިމް އިބުރާހިމްގެ އެޑްވައިޒަރުކަމަށް އޭނާ އައްޔަން ކުރެވުނުތާ 24 ގަޑިއިރުވެސް ނުވަނީސް އޭނާވަނީ ޖޭޕީން ވަކިވެފައެވެ.

އޭނާ ޖޭޕީން ވަކިވާން، އެޕާޓީގެ ލީޑަރަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ޖޭޕީގެ ވިސްނުން ހުރީ ގައުމަށް އެންމެ ފައިދާ ހުރި ގޮތަށްކަމަށް އޭނާ އަށް ގަބޫލު ނުކުރެއްވޭތީ ޕާޓީން އިސްތިއުފާ ދެއްވީ ކަމުގައެވެ.

ޖޭޕީން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނިންމުމާއި ގުޅިގެން އެޕާޓީގެ ސްލޮޓުގައި ތިބި ޖޭޕީގެ އިސް ބައެއް ބޭފުޅުން ވަނީ ޕާޓީން ވަކިވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.