ފާއިތުވެގެން މިދާ 5 އަހަރަކީ ހުރިހާ މާނައެއްގައިވެސް މިނިވަންކަން ހިމާޔަތް ކުރެވުނު 5 އަަހަރުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ނިމިގެން މިދާ 5 އަހަރަކީ ސިޔާސީ މިނިވަންކަމާއި، ޚާރިޖީ މިނިވަން ކަމާއި، އަދި ދާޚިލީ މިނިވަންކަންވެސް އެންމެ ފުރިހަމައަށް ހިމާޔަތް ކުރެވުނު 5 އަހަރު ކަމުގައެވެ.
"ރާއްޖޭގެ ސިޔާސީ މިނިވަންކަން ފުރިހަމަށް ރައްކާތެރިކުރެވުނު ފަސް އަހަރު"
ރައީސް ސާލިހު ވިދާޅުވި އެވެ.
ރައީސް ސާލިހުގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ މި ދައުރުގައި ދިވެހިންގެ ފަރުދީ އަދި ޒާތީ މިނިވަންކަންވެސް ފުރިހަމަޔަށް ހިފެހެއްޓިފައިވާކަމަށާއި، އެއްވެސް ހިފެހެއްޓުމެއްނެތި ކަށަވަރު ކޮށްދެއްވިފައި ވާކަމަށެވެ.
ހާރިޖީ މިނިވަންކަން އެންމެ ވަރުގަދަ ފަސް އަހަރު. ދާހިލީ މިނިވަންކަން އެންމެ ފުޅާ ގޮތެއްގައި ލިބިދެވުނު ފަސް އަހަރު. ފަރުދުންގެ ޒާތީ މިނިވަންކަން، އެއްވެސް ހިފެހެއްޓުމެއް ނެތި ކަށަވަރު ކޮށްދެވުނު ފަސް އަހަރު.
ރައީސް ސާލިހު ވިދާޅުވީ މިނިވަންދުވަސް މިއަދ ފާހަގަ ކުރަމުން ދާއިރު، މާދަމާ އަތުލުމަށް ބޭނުންވާ މަންޒިލަކީ ކޮބައިތޯ އެއީ ކޮންމެ ފަރުދަކުވެސް މިއަދު ވިސްނާލަންޖެހޭ ކަމެއްކަމުގައެވެ. އެގޮތުން އެ މަންޒިލަކީ 21 ވަނަ ގަރުނުގެ ތަރައްގީކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެ މަންޒިލާއި ދިވެހިންނާ ދެމެދަށް އެޅިފައިވާ ހުރަހަކީ ރައްޔިތުން އުޅެންޖެހިފައިވާ ހާލަތު ކަމުގައެވެ.
މާތް ﷲގެ ވާގިފުޅާ އެކު މިދިޔަ ފަސް އަހަރުގެ ތެރޭގައި، އަޅުގަނޑުމެންގެ އަމާޒަކަށް ހެދީ، އެ ހާލަތު ބަދަލުކޮށް ތަރައްގީގެ ސަރާސަރު ރާސްތާ އަށް ދިވެހިން ނެރެދިނުން.
ރައީސްގެ ވާހަކަ ފުޅުގައި ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ