އިބުރާހިމް ނާސިރަކީ ދިވެހިރާއްޖޭގެ ޒަމާނީ ތަރައްގީގެ ބިންގާ: ގާސިމް

އިބުރާހިމް ނާސިރަކީ ދިވެހިރާއްޖޭގެ ޒަމާނީ ތަރައްގީގެ ބިންގާ: ގާސިމް

Author
ހުސެއިން
26 ޖުލައި 2023 01:36
0

ދިވެހިރާއްޖޭގެ ދެވަނަ ޖުމްހުރިއްޔާގެ ފުރަތަމަ ރައީސް އިބުރާހިމް ނާސިރަކީ ދިވެހިރާއްޖޭގެ ޒަމާނީ ތަރައްގީގެ ބިންގާ ކަމުގައި، ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބުރާހިމް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަ ކުރަމުންދާ ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމުހޫރީ ޕާޓީގެ ހަރުގެ، މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވީޑިއޯ މެދުވެރިކޮށް ދެއްވި ޚިޡާބުގައި ވާހަކަ ދައްކަވަމުން ގާސިމް އިބުރާހިމް ވިދާޅުވީ ގައުމުގެ އެތެރޭގެ ހަމަނުޖެހުންތައް ނައްތާލާ، ގައުމު ބައިބައި ވުމުން ސަލާމަތް ކުރެއްވި ބަތަލަކީވެސް މަރުޙޫމު އިބުރާހިމް ނާސިރު ކަމަށާއި، އެމަނިކުފާނަކީ ގައުމުގެ އިގްތިސާދު ސުމަކުން ފަށައިގެން، ފަތުރުވެރިކަމާއި މަސްވެރިކަމަކީ ގައުމުގެ އިގްތިސާދުގެ މައި ދެ ތަނބުގެ ގޮތުގައި ތަރައްގީ ކޮށްދެއްވި ފަރާތް ކަމުގައިވެސް މެއެވެ.

ދިވެހިންނަށް ތައުލީމު ފޯރުކޮށް ދެއްވުމުމުގައިވެސް ޚިދުމަތްތެރި މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ ވެރިއެއް. ހަމައެއާއެކު ދަތުރުފަތުރުގެ މިނިވަންކަން ދިވެހިންނަށް ހޯދައިދީ، މިއަދު ގައުމުގެ ފަޚުރެއްކަމުގައި މިދެކޭ ވެލާނާ ވައިގެ ބަނދަރުގެ ހަގީގީ މޭސްތިރިއަކީވެސް އިބުރާހިމް ނާސިރު. އިބުރާހިމް ނާސިރަކީ ދިވެހިރާއްޖެ މިއަދު މި ދެކޭ ތަރައްގީގެ އޮއިވަރު ފައްޓަވާދެއްވި، ދިވެހިރާއްޖޭގެ ޒަމާނީ ތަރައްގީގެ ބިންގާ. ދިވެހިންގެ ފަޚުރުވެރި މިނިވަންކަމުގެ ބާނީ.

އިބުރާހިމް ނާސިރު ދިވެހިރާއްޖެއަށް މިނިވަންކަން ހޯއްދަވާ ދެއްވުމަށް ކޮށްދެއްވައިވާ އަގުހުރި ޚިދުމަތްތަކަށް އިޝާރާތް ކުރައްވަމުން ގާސިމް ވިދާޅުވިއެވެ.

ގާއިމްގެ ވާހަކަފުޅުގައި ވަނީ، އިބުރާހިމް ނާސިރުއާއެކީ ރާއްޖެއަށް މިނިވަންކަން ހޯއްދަވާ ދެއްވުމަށް މަސައްކަތް ކުރެއްވި އެންމެހާ ބޭފުޅުންގެ ޒިކުރާ އާކޮށް، އެހުރިހާ ފަރާތްތަކުގެ ފުރާނައަށްވެސް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކޮށްދެއްވުމަށް އެދި ދުއާ ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.