ދަ ޑިމޮކްރެޓްސްގެ ދެ ސިޔާސަތެއް 50 ރަށެއްގައި ލޯންޗްކުރުމަށް ހަރަކާތްތަކެއް ފަށައިފި

ދަ ޑިމޮކްރެޓްސްގެ ދެ ސިޔާސަތެއް 50 ރަށެއްގައި ލޯންޗްކުރުމަށް ހަރަކާތްތަކެއް ފަށައިފި

Author
އަޒްފާ ރަޝީދު
25 ޖުލައި 2023 06:40
0

ދަ ޑިމޮކްރެޓްސްގެ ދެ ސިޔާސަތެއް 50 ރަށެއްގައި ލޯންޗްކުރުމަށް ހަރަކާތްތަކެއް ފަށައިފި އެވެ.

ޑިމޮކްރެޓްސް އިން ލޯންޗް ކުރުމަށް ހަމަޖެހިފައިވާ ދެ ސިޔާސަތަކީ "ލާމަރުކަޒީ ބަދަލު" އަދި "ހަގީގީ މާނައިގައި ބާރުތައް ބަހާލުން މުޅި ރާއްޖޭގެ މަޖިލިސް" ރާއްޖޭގެ ފަރާތުން ކުރާ ވަކާލާތު ކުރުމުގެ ސިޔާސަތެވެ.

ޑިމޮކްރެޓްސް އިން ބުނީ ރާއްޖޭގެ އެކި ކަންކޮޅުގެ 50 ރަށުގައި މިއަދުން ފެށިގެން ހަފްތާ ބަންދާއެކު މި ސިޔާސަތުތައް ލޯންޗު ކުރުމުގެ ހަރަކާތްތައް ކުރިއަށްދާނެ ކަމަށެވެ. މި ސިޔާސަތުތައް ލޯންޗުކުރުމަށް ޑިމޮކްރެޓްސްގެ އިސްވެރިން މިހާރު ވަނީ ރަށްތަކަށް ފުރައިފަ އެވެ.

ސިޔާސަތުތައް ލޯންޗު ކުރުމުގެ އިތުރުން ރަށްތަކަށް ކުރާ ދަތުރުތަކުގައި ޑިމޮކްރެޓްސް އަށް މެމްބަރުން އިތުރު ކުރުމުގެ ހަރަކާތްތައް ވެސް އަންނަނީ ކުރިއަށް ގެންދަމުންނެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް ޑިމޮކްރެޓްސް އިން ކެންޑިޑޭޓަކު ނެރުމަށް ހަމަޖެހިފައިވާއިރު އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލެއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އެކަންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.