ކުޑަހުވަދޫ ދާއިރާގެ މަޖިލިސް މެމްބަރު ޢާމިރު ހައްޔަރުކުރުން ޕީޕީއެމް އިން ކުށްވެރިކޮށްފި

ކުޑަހުވަދޫ ދާއިރާގެ މަޖިލިސް މެމްބަރު ޢާމިރު ހައްޔަރުކުރުން ޕީޕީއެމް އިން ކުށްވެރިކޮށްފި

Author
އަޒްފާ ރަޝީދު
25 ޖުލައި 2023 06:55
0

ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު މަގުމަތިން ހުއްޓުވައި އެމަނުކުފާނަށް ފުލުހުން އަނިޔާކޮށް ހައްޔަރުކުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ޕީޕީއެމް އިން ބުނެފިއެވެ.

ޕީޕީއެމް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރޭގެ ވަގުތެއްގައި އާމިރު ހުޅުމާލެ މަގުމަތިން އަނިޔާވެރިކޮށް ހައްޔަރު ކުރި ކުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހައްޔަރު ކުރުމުގައި ޢަމަލުކުރަންޖެހޭ ހަމަތަކާއި އުސޫލުތަކެއް ރައްޔިތުންގެ މަޖިލީހުގެ އިމްތިޒާޔާޒުގެ ޤާނޫނުގައި ބަޔާންކޮށްފައިވާއިރު، އެ ޤާނޫނުގައި ބުނާ ޢިޖުރާޢަތްތައް ފުރިހަމަ ކުރުމެއް ނެތި މަގުމަތިން މަޖިލީހުގެ މެންބަރުން ހުއްޓުވައި އަނިޔާ ކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށްވެސް އެ ޕާޓީއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

އަދި އިމްތިޔާޒްތައް ލިބިވަޑައިގެން ތިއްބެވި މަޖިލީހުގެ މެމްބަރުންނަށް އަނިޔާކުރުމަށް ސަރުކާރުން ފުލުހުން ފޮނުވާއިރު، އާންމު ރައްޔިތުންނާއި މެދު އެއަށްވުރެ ދަށު ދަރަޖައިގައި ފުލުހުން މެދުވެރިކޮށް އަނިޔާކުރާކަމީ މިހާރު ފެންނަން އޮތް ހަޤީގަތެއްކަމުގައިވެސް ޕީޕީއެމްއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ދިވެހި ރައްޔިތުންނަށް އަނިޔާކުރުމަށް ސަރުކާރުން ފުލުހުންނަށް އެންގި ނަމަވެސް، އެފަދަ ޢަމުރުތަކަކީ ޣައިރު ޤާނޫނީ އަމުރުތައްކަށް ބުނެފައިވެއެވެ. އެހެންކަމުން އެފަދަ ޢަމުރުތަކަށް ފުލުހުން ތަބާނުވުމަށް ޕީޕީއެމް އިން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން ކުޑަ ހުވަދޫ ދާއިރާގެ މެމްބަރު ޢާމިރު އާއި މެދު ފުލުހުން ޢަމަލު ކުރި ގޮތް ތަޙުޤީގުކޮށް ފިޔަވަޅު އެޅުމަށް ޕޮލިސް ކޮމިޝަނަރަށާއި އިންޓެގްރިޓީ ކޮމިޝަނާއި، އަދި ހިއުމަން ރައިޓްސް ކޮމިޝަނަށްވެސް ޕީޕީއެން އިން ވަނީ ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ވ ވާގޮތް
ތިބޭފުޅާާ މިހިގާސަރުކާރުގެެ ކޮރަޕްޝަނައްް ތާއީދުނުކުރާތީީ ކުރާޖެއްސުންް އެހެރަގޭންް ދިންް އަނިޔާތައްް ނިކަންބަލާބަލަަ އާދައިގެެ މީހަކައްް ކޮއްލާނެެ ވަރު