ކުޑަހުވަދޫ ދާއިރާގެ މެމްބަރު ފުލުހުންގެ ބެލުމުގެދަށް ގެންދާ ވީޑިއޯއެއް އާންމު ވެއްޖެ

ކުޑަހުވަދޫ ދާއިރާގެ މެމްބަރު ފުލުހުންގެ ބެލުމުގެދަށް ގެންދާ ވީޑިއޯއެއް އާންމު ވެއްޖެ

ގުޅުންހުރި

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަ ވޯޑިއޯއެއް އާންމު ވެއްޖެއެވެ.

މިއަދު ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، މެމްބަރު އާމިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް މަސައްކަތް ކޮށްގައިވަނީ ޓްރެފިކް ބަލަހައްޓާ ފުލުުހުންނެވެ. ބެލެވޭ ގޮތުގައި ފުލުހުން އާމިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް މަސައްކަތް ކޮށްފައިވަނީ ޓްރެފިކް ގަވާއިދާ ޚިލާފްވެގެންނެވެ. ސޯޝަލް މީޑިއާގައި ކޮށްފައިވާ ބައެއް ކޮމެންޓްތަކުގައި ބުނެފައިވަނީ، އާމިރު ފުލުހުންގެ ބެލުމުގެދަށަށް ގެންދިއުމަށް މަސައްކަތް ކޮށްފައިވަނީ ލައިސަންސް ނެތި ސައިކަލް ދުއްވައިގެންނެވެ.

"ޚަބަރު އޮންލައިން" އަށް މައުލޫމާތު ދެއްވަމުން އާމިރު ވިދާޅުވީ "އެއީ ރޭ 10:00 ހާއިރު ފުލުހުން ހިންގި ލާއިންސާނީ އަމަލެއް" ކަމުގައެވެ.

އެހެންނަމަވެސް މި ހާދިސާއާއި ގުޅުންހުރި އިތުރު މައުލޫމާތެއް އާމިރު ދެއްވާފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން އާމިރު ހައްޔަރު ކޮށްފައިވަނީ މަގުމަތި ބަލަހައްޓަމުންދިޔަ ފުލުހުން މަޑުކުރަން ބުނުމުން އެ އަމުރަށް ބޯނުލަނބައި ފިލިކަމުގެ ތުހުމަތުގައެވެ.

އަދި ފިލައިގެން ދިއުމުން ރޭ އޭނާ ހޯދާ، ފުލުހުންވަނީ މެންދަމު 1:15 ހާއިރު އޭނާ ފުލުސް އޮފީހަށް ހާޒިރު ކޮށްފައެވެ. އަދި ފުލުހުން އޭނާ ދޫކޮށްލާފައިވަނި 2:15 ހާއިރުކަމަށްވެސް ވަނީ މައުލުމާތު ލިބިފައެވެ. އެހެންނަމަވެސް ނުރައްކާތެރިކޮށް ސައިކަލު ދުއްވިކަމުގެ ތުހުމަތުގައި އޭނާގެ ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ