ފެންނަ ނުފެންނަ ވޯޓު ނަގާ ދުވަހު ޑިމޮކްރެޓްސްއަށް ސޮއިކުރާ މީހުންނަށް ވޯޓުލެވޭނެ: ހަސަން

ފެންނަ ނުފެންނަ ވޯޓު ނަގާ ދުވަހު ޑިމޮކްރެޓްސްއަށް ސޮއިކުރާ މީހުންނަށް ވޯޓުލެވޭނެ: ހަސަން

Author
މުޙައްމަދު ޝަޒައިމް
24 ޖުލައި 2023 08:26
0

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓްކަމަށް ކުރިމަތި ލެއްވި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް އެޕާޓީގެ މެމްބަރުންގެ ރުހުން އޮތްތޯ ބެލުމަށް ބައްވާ ފެންނަ ނުފެންނަ ވޯޓުލާ ދުވާހު ޑިމޮކްރެޓްސްއަށް ސޮއިކުރާ މީހުންނަށް ވޯޓުލެވޭނެ ކަމަށް އެޕާޓީގެ އިންތިގާލީ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓްސްގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހުއެވެ. ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަ ކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ޕްރައިމަރީއަށް ހުޅުވާލުމުން ކުރިމަތިލާފައި ވަނީ ހަމައެކަނި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްއެވެ.

އެ ޕާޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ލަތީފް ވިދާޅުވި ޑިމޮކްރެޓްސް އަކީ ވަރަށް ފަހުން ރަޖިސްޓާވި ޕާޓީއަކަށް ވީ ހިނދު، މި ވަގުތަކީ ޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާ ވަގުތެއް ކަމަށެވެ.

އަދި، ޕާޓީގެ ޕްރައިމަރީގައި ވާދަ ކުރުމަށް ކުރިމަތިލާފައި ވަނީ އެންމެ ބޭފުޅަކަށް ވީ ހިނދު، ވޯޓުލުން ކުރިއަށް ދާ ވަގުތު ވެސް ޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އިންޓަރިމް ކައުންސިލުން ލަފާ ދީފައިވާ ކަމަށެވެ.

ވޯޓުލާ ދުވަހު ވޯޓުލަމުން ދަނިކޮށް ވެސް ޕާޓީގެ މެންބާޝިޕަށް ވަންނަން ބޭނުންވާ މީހުނަށް އެ ފުރުސަތު ދެވޭނެ، އަދި އެ ކަމަށް ކެމްޕޭން ވެސް ކުރެވޭނެ، ވޯޓުލާ ދަމުންދާއިރު ވެސް ޕާޓީގެ މެންބަރުންނަށް ވުމަށް ފަހު ވޯޓު ލެވޭނެ އިންތިޒާމު ވެސް.

– ހަސަން ލަތީފު ވިދާޅުވިއެވެ.

ޑިމޮކްރެޓްސްގެ ޕްރައިމަރީއަކީ ވާދަވެރި ޕްރައިމަރީއަކަށް ނުވާތީ އޭގައި މައްސަލައެއް ނުފެންނަ ކަމަށް ޕާޓީގެ އިންތިގާލީ ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އަދި ޕާޓީގެ މެންބަރުންގެ ފަރާތުން ވެސް ފެންނަނީ ނުކުމެ ހުރި ކެންޑިޑޭޓާއެކު ކުރިއަށް ދިޔުން ކަމަށް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢަލި
ޕާޓީ އަށް ސޮއިނުކުރެއްވިޔަސް ޑިމޮކްރަެޓްސް ފިކުރަށް ވޯޓުލެވޭނެ،