ޤައުމީ ޓީމުގެ ކުރީގެ މެނޭޖަރު އީސަ ދަ ޑިމޮކްރެޓްސްއަށް!

ޤައުމީ ޓީމުގެ ކުރީގެ މެނޭޖަރު އީސަ ދަ ޑިމޮކްރެޓްސްއަށް!

Author
މުޙައްމަދު ޝަޒައިމް
23 ޖުލައި 2023 11:43
0

ޤައުމީ ޓީމުގެ ކުރީ މެނޭޖަރު އީސަ ދަ ޑިމޮކްރެޓްސް އާއި ގުޅިއްޖެއެވެ.

ރާއްޖޭގެ ފުޓުބޯޅައިގެ މެނޭޖްމެންޓް ލެވެލްގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އީސަ ޑިމޮކްރެޓްސް އާއި ގުޅުމަށްފަހު ފޯމު ހަވާލު ކުރެއްވީ ރައީސް ނަޝީދާއިއެވެ. އީސަގެ އިތުރުން ބައެއް އާންމު އެހެން ފަރާތްތަކުންވެސް ވަނީ މިރޭ ބޭއްވި ޖަލްސާ ފެށުމުގެ ކުރިން ޑިމޮކްރެޓްސް އާއި ގުޅިފައެވެ.

އީސައަކީ ޤައުމީ ޓީމުގެ މެނޭޖަރު ކަމުގެ އިތުރުން ޓީސީ ސްޕޯޓްސް ކުލަބު ހިންގުމުގައިވެސް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ޑިމޮކްރެޓްސް އިން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައި، އިލްޔާސް ލަބީބް އިންތިޚާބުގައި ވާދަ ކުރައްވާއިރު، އިލްޔާސްއަށް މިރޭގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް އިލްޔާސް ދާނެކަމަށެވެ. އަދި އިންތިޚާބުގައި އެމްޑީޕީގެ ގިނަ ބައެއްގެ ތާއީދު އިލްޔާސްއަށް ލިބޭނެ ކަމާއިމެދު ޝައްކު ނުކުރާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.