މާލެއާއި ހުޅުމާލެ ހައިވޭގެ ލައިޓުތައް ނިވިފައިވާތީ ސަމާލުވާން އެދިއްޖެ!

މާލެއާއި ހުޅުމާލެ ހައިވޭގެ ލައިޓުތައް ނިވިފައިވާތީ ސަމާލުވާން އެދިއްޖެ!

Author
މުޙައްމަދު ޝަޒައިމް
23 ޖުލައި 2023 11:04
0

ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލެ ހައިވޭގެ ލައިޓުތައް ނިވިފައިވާތީ ސަމާލުވާން އެދިއްޖެއެވެ.

ފުލުހުން ދެންމެ ކުރި ޓުވީޓެއްގައި ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލެ ހައިވޭގެ ލައިޓުތައް ނިވިފައިވާތީ އެ ސަރަހައްދުން އެއްގަމު އުޅަނދު ދުއްވުމުގައި ރައްކާތެރިވުމަށް އިލްތިމާސްކުރާ ކަމަށެވެ. ފުލުނުން ދަނީ މިމައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ސިނަމާލެ ބްރިޖް ހިމެނޭ ސަރަހައްދުގައި އެންމެ ފުރަތަމަ ބޭނުން ކުރީ އާދައިގެ ޓްރެފިކް ލައިޓްތަކެކެވެ. އޭގެ ސަބަބުން ގިނަ ގޮންޖެހުންތަކާ ފުލުހުންނަށްވެސް ދިޔައީ ކުރިމަތިވަމުންނެވެ. ވަކިން ޚާއްސަކޮށް ބްރިޖް ބާރު ބޮޑުވާ ވަގުތުތަކުގައި ފުލުހުން މަގަށް ނުކުމެ "މެނުއަލް" ކޮށް ޓްރެފިކް ލުއިދިނުމަށް މަސައްކަތްކުރުމަކީ އާންމުކޮށް ބާރު ބޮޑުވާ ވަގުތުތަކުގައި ކުރަމުން އައިކަމެކެވެ. އަދި ޓްރެފިކް ލައިޓް ދިއްލުމުން ހުރިހާ އުޅަނދެއް މަޑުކުރަން ޖެހުމަކީ އެ ސަރަހައްދު ބާރުބޮޑުވާކަމެކެވެ.

އެހެންނަމަވެސް "އެރޯ ޓްރެފިކް ލައިޓް" އަށް ބަދަލު ގެނައުމާ ގުޅިގެން ވަރަށް ބޮޑަށް ޓްރެފިކް ބެލެހެއްޓުމަށާ ދަތުރު ކުރާފަރާތްތަކަށް ލިބިގެން ދާނެކަމަށް ފުލުހުން ވިދާޅުވެއެވެ. މިހާރު ކޮންމެ ލައިޓެއްވެސް ޖެހޭނެ މިނެޓް ފެންނާނެހެން ތީރަކުން ދަތުރު ކުރަންޖެހޭގޮތް އަންގަންގަދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަލިދީދި
މިއުޅެނީ ޓުރެފިކް ލައިޓުތައް ނިވިގެންނެއް ނޫނޭ... މިއުޅެނީ މަގު ބައްތިތައް ނިވިގެން.. ކިހިނެއް ދެން ކަލޭމެންގެނެސްދޭ ޙަބަރައް އިތުބާރުކުރާނީ. އަވަސްއަރުވާލާފަ ފެނިވަޑައިގަންނަވާގޮތަކައް ޟަބަރު ފަތުރަމުން މުޅިގައުމު ފިތުނަފަސާދަކުރުންދޯ ތިޔަބޭފުޅުންގެ މައިގަނޑު މަސައްކަތަކީ...