އިދިކޮޅު ޕީއެމްސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުއާއި، ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަންޑު ރައިސިން ކޮމިޓީން ދުރަށް ލާ އަދި ދަ ޑިމޮކްރެޓްސް ޕާޓީއާއެކު ކުރިޔަށް ގެންދާ ސިޔާސީ މަޝްވަރާ ތަކަށް ޚާއްސަ ކޮމިޓީގެ ކޮމްޕޮޒިޝަނަށް ބަދަލު ގެނެސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އެކޮމީޓީން ދުރަށް ލާފައިވާކަމަށް "ޚަބަރު އޮންލައިން"އަށް މައުލޫމާތު ލިބިއްޖެއެވެ.
އިދިކޮޅު ޕީޕީއެމްގެ ލީޑަރޝިޕްގެ އިސް ބޭފުޅަކު "ޚަބަރު އޮންލައިން"އަށް މައުލޫމާތު ދީފައިވާ ގޮތުގައި، އިދިކޮޅު ޕީޕީއެމްގެ ފަންޑް ރައިސިން ކޮމިޓީއާއި އަދި ސިޔާސީ މަޝްވަރާތަކާ ބެހޭ ކޮމިޓީގެ ކޮމްޕޮޒިޝަނަށް ބަދަލު ގެނެސްފައިވަނީ، ރައީސް ޔާމިން އިއްޔެ ޖަލުން ފޮނުވާފައިވާ ނޯޓަކާއި ގުޅިގެންނެވެ.
ދާދިފަހުން އިދިކޮޅު ޕީޕީއެމްއިން ވަނީ، އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފައްދާފައިވާ "ދަ ޑިމޮކްރެޓްސް" ޕާޓީއާއެކުސިޔާސީ މަޝްވަރާތައް ކުރިޔަށް ގެންގޮސްފައެވެ. ޕީޕީއެމްގެ ސެނެޓްގެ ރުހުން ނެތި ކުރިޔަށް ގެންދިޔަ މި މަޝްވާރަތައް ކުރިޔަށް ގެންދިއުމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަން އިން އެކުލަވާލާފައިވާ ކޮމިޓީގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފްއާއި، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްއައި، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގް (ޓޮމް)ގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބުރާހިމް ޝުޖާއެވެ.
ރައީސް ޔާމިންގެ އެންގެވުމަށް ނައިފަރު ދާއިރާގެ މެމްބަރުން އަހުމަދު ޝިޔާމް ޕީޕީއެމްއިން ކުރިޔަށް ގެންދާ ސިޔާސީ މަޝްވަރާތަކާބެހޭ ކޮމިޓީން ދުރަށް ލާފައިވާކަމަށް "ޚަބަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާއިރު، ޝިޔާމްއަކީ "ދަ ޑިމޮކްރެޓްސް" ޕާޓީގެ ފައުންޑަރ އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި މިހާރު ގާތް ގުޅުމެއް ބާއްވަމުންދާ މެމްބަރެއްކަންވެސް ފާހަގަ ކޮށްލެވެއެވެ.
އަދި އިދިކޮޅު ޕީޕީއެމްގެ އިސް ބައެއް ފާރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް އަމާޒުކޮށް، ޝިޔާމް މަސައްކަތް ކުރައްވަމުން ގެންދަވަނީ ނަޝީދުގެ އިރުޝާދާއެކު ވަކި އެޖެންޑާއެއް އޮވެގެންނެވެ. އަދި ޝިޔާމްއާއި އިންޑިއާ އެމްބަސީއާވެސް ގާތް ގުޅުމެއް އޮންނަކަމަށްވެސް އިދިކޮޅު ޕީޕީއެމްގެ އިސް ބައެއް ފަރާތްތަކުން ތުހުމަތު ކުރަމުން ދެއެވެ.
މިގޮތުން ދާދިފަހުން ޕީޕީއެމްގެ 3 މެމްބަރަކު ޖުމުހޫރީ މައިދާނުގައި ހިންގި އިހުތިޖާޖަކީވެސް ޕީޕީއެންގެ ލީޑަރޝިޕްގެ މަޝްވަރާއަކާ ނުލާ، ނަޝީދުގެ އިރުޝާދަށް، ޝިޔާމް އިސްވެ ހުންނަވާ ހިންގެވި ހަރަކާތެއް ކަމަށްވެސް ޕީޕީއެމްގެ ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.
3 Responses
ދޮގު
ފަޅަފަޅައިގެން ދަނީއެވެ. ޓޮމް ޥަކި އޭޖެންޑާއެއް، ސިޔާމާއި ސައީދު އެސް ޔޫސުއަލް ލާރިއެއް ޖީބަށް ލެވޭތޯ، މުއިއްޒު ފަހު ވަގުތު ޓިކެޓްގެ އިންތިޒާރުގައި، އަދުރޭ ހިސާބު ހަދަން ތިއްބާ މެންބަރުންކޮޅު އެހެން ދިމަދިމާލަށް ގޮސް ހުސްވަނީއެވެ.
ވެދާނެ ޔާމީނަށްވެގެން ފޭކުނޯޓެއް ފޮނުވީކަމަށް އަދާލަތާ މޑޕ ތިބެނީފާވިއްދާފަ ޕޕމ އުވާލަށް އަދިޔާމީނާހެޔޮކޮން.ރަގަޅަޒް އުޅޭމީހަކވެއްޖެއްޔާ އުޅޭ ކޮންމެވެސްގޮތަކުން ޕާޓީ އަދި ޔާާމީނާ ދުރުމުރެވޭތޯ