މިހާތަނަށް ނަމެއްގެ ގޮތުގައި "ޕްރޮޖެކްޓް ކޭ" ގެ ނަން ދީގެން މަސައްކަތް ކުރަމުން އައި ފިލްމުގެ ނަން ރަސްމީކޮށް އިއުލާންކޮށްފި އެވެެ.
ލީޑުން ދީޕިކާ ޕަދުކޯން އާއި ޕްރަބާސް ފެނިގެންދާ ފިލްމްގެ ރަސްމީ ނަން އިއުލާން ކޮށްފައިވަނި އެމެރިކާގެ ސެން ޑިއޭއޯގައި މިހާރު ރޭ ކުރިއަށްދިޔަ ހޮލީވުޑްގެ ބޮޑު އިވެންޓް ކޮމިކް-ކޮންގައި އެވެ. އެގޮތުން މި ފިލްމްގެ ނަމަކީ "ކަލްކީ" އެވެ.
މި ފިލްމުގެ ވާހަކަ ބިނާކޮށްފައި އޮތީ 2898 އޭޑީއަށެވެ. އެހެންވެ މުސްތަގުބަލުގައި ހިނގައިފާނެ ކަމަށް ބެލެވޭ ހާދިސާތަކެއް ދައްކުވައިދޭނެ އެއްޗެކެވެ. މި ފިލްމް އަކީ ބޮޑު ބަޖެޓަކުން ހަދައިފައިވާ ފިލްމްއެކެވެ.
ތެލެގޫ ޑައިރެކްޓަރު ނާގް އާޝްވިން ގެ މި ފިލްމްގެ ކާސްޓުގައި އަމީތާބް ބައްޗަނާއި ޑިޝާ ޕަޓާނީ ވެސް ހިމެނެ އެވެ. މީ އެކްޝަން ގެ ވަރުގަދަ މަންޒަރު ތަކެއް ފެނިގެންދާނެ ކަމަށް ލަފާ ކުރެވޭ ފިލްމްއެކެވެ.
މި އިވެންޓުގައި ވަނީ މި ފިލްމްގެ ޓީޒާއެއް ވެސް ދައްކާލައިފައިއެވެ. އަދި އަންނަ އަހަރު ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް ބުނެފައިވެ އެވެ. އެކަމަކު އަދި ސީދާ ވަކި ތާރީހެއް ނުނިންމަ އެވެ.