ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ހާން އާއި އޭނާގެ ޕްރޮޑަކްޝަން ހައުސް، ސަލްމާން ހާން ފިލްމްސް (އެސްކޭއެފް)ގެ ނަމުގައި ސްކޭމް ކުރާ މައްސަލަ ބޮޑުވެ އޭނާ ވަރުގަދަ އިންޒާރެއް ދީފިއެވެ.
ސަލްމާންގެ ފިލްމް ކުންފުނީގެ ނަމުގައި އަންނަނީ ސްކޭމް ކުރަމުނެނެވެ. ސްކޭމްތައް ކުރަނީ އޭނާގެ ފިލްމުތަކުގައި މަސައްކަތްކުރަން ފުރުސަތު ލިބުނު ކަމަށް ބުނެއެވެ. އެކަންތަށް މިހާރު މާބޮޑަށް ބޮޑުވެފައި ވާކަމަށާއި އަދި އެފަދަ ސްކޭމްތަށް ހިންގާނަމަ އެބަޔަކާއި މެދުގައި ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވަނީ ސަލްމާން ދީފައިއެވެ.
އަދި އޭނާގެ ނަމާއި އޭނާގެ ކުންފުނީގެ ނަން ބޭނުން ކޮށްގެން މިފަދަ ކަންކަން ނުކުރުމަށް އޭނާ ވަނީ ބުނެފައިއެވެ. އަދި މި ކަމަކީ އެކަމުގެ ސަބަބުން އޭނާގެ ނަމަށް ހުތުރު ކުރާ ކަމެއްކަމަށްވެސް އޭނާ ވަނީ ބުނެފައިއެވެ.
Official Notice! pic.twitter.com/uIvAQgYbwl
— Salman Khan (@BeingSalmanKhan) July 17, 2023
އޭނާގެ ފިލްމް ކުންފުނި އެސްކޭއެފް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަލްމާން އާއި އެ ޕްރޮޑަކްޝަން ހައުސް އިން މިވަގުތު އެއްވެސް އާ ފިލްމަކަށް ކާސްޓުން ނުހޯދާ ކަމަށެވެ. އަދި އެފަދަ މެއިލް ތަކަށް އާންމު ރައްޔިތުން ސަމާލު ވުމަށްވެސް ވަނީ ބުނެފައިއެވެ.
ކޮމެންޓު ފޮނުވާ