ނުފޫރު ގަދަ ފިލްމް މޭކާ ކަރަން ޖޯހަރުގެ ފިލްމް އަކާއި ކެޓްރީނާގެ ފިލްމް އެއް އެދުވަހެއްގައި ރިލީޒް ކުރާގޮތަށް ހަމަ ޖެއްސުމުން ކަރަން ހިތްހަމަނުޖެހިއްޖެ އެވެ.
ކަރަންގެ ފިލްމް އެއް ކަމުގައިވާ ސިދާތް މަލޯތްރާ ލީޑުން ފެނިގެންދާ ފިލްމް "ޔޯދާ" އާއި ކެޓްރީނާގެ ފިލްމް "މެރީ ކްރިސްމަސް" އަޅުވަން ތާވަލް ކޯށްފައިވަނީ އެއް ދުވަހަކަށެވެ. ކުރިން ކެޓްރީނާގެ ފިލްމް އަޅުވާގޮތަށް އޮތީ އޮތީ ޑިސެމްބަރު 23 އަަށް ކްރިސްމަސްއާއި ދިމާކޮށެވެ.
ނަމަވެސް ފިލްމް އެޅުވުން އަވަސް ކޮށް މިހާރު ވަނީ ޕޯސްޓަރު ތަކެއްވެސް ދައްކައިލައިފައިއެވެ. މި ޕޯސްޓަރު ތަކަކީ މި ފިލްމް ގެ ފުރަތަމަ ޕޯސްޓަރު ތަށް ވެސްމެއެވެ. އަދި ފިލްމް ރިލީޒް ކުރާ ތާރީހް މި ޕޯސްތަރު ތަކުގައި ވަނީ އިއުލާން ކޮށްފައިއެވެ.
އެގޮތުން އެ ފިލްމް ރިީޒް ކުރުމަށް ތާވަލް ކޮށްފައިއޮތީ ޑިސެމްބަރު 15 ގައި އަޅުވާގޮތަށެވެ. ފިލްމް އެޅުވުން އަވަސް ކުރުމާއި އެކުގައި އެ ފިލްމް ވަނީ "ޔޯދާ" އާއި މުޑިއަރަފައިއެވެ. އެ ފިލްމް ވެސް ސިމަނާ އަށް ގެންނަށް ތާވަލް ކޮށްފައިވަނީ ހަމަ ޑިސެމްބަރު މަހުގެ 15 އަށެވެ. އެހެންވެ، ބޮޑު ދެ ފިލްމު އެއް ދުވަހަކު ޕްރިމިއާކުރާތީ ކަރަން ހިތްހަމަނުޖެހުނީ އެވެ.
ކަރަން ރުޅިގަނޑު ބާލަމުން ބުނީ ހަބަރެއް ދަބަރެއްވެ ނުލާ ކުޑަމިނުން ފޯނު ކޯލެއްވެސް ކޮށް ނުލައި އެއް ދުވަހަކަށް ފިލްމުތައް އަޅުވަން އުޅުމަކީ ސްޓޫޑިއޯތަކާއި ޕްރޮޑިއުސަރުންނަށް ކުރިއަށް ދެވޭނެ ގޮތެއް ނޫން ކަމަށެވެ. އަދި އެއީ މިފަދަ ދަނޑިވަޅެއްގައި އެންމެ ރަނގަޅު ގޮތް ނޫން ކަމަށްވެސް އޭނާ ވަނީ ބުނެފައިއެވެ.

"ޔޯދާ" އަކީ ރިލީޒް ކުރުން ދިގު ދެމިގެން ގޮސްފައި އޮތް އެކްޝަން ފިލްމެކެވެ. ސިދާތުއާ އެކު މުހިންމު ރޯލުތައް ކުޅެނީ ދިޝާ ޕަޓަނީ އަދި ރާޝީ ކަންނާ އެވެ. "މެރީކްރިސްމަސް" އަކީ ކެޓްރީނާ އާއި ސައުތުގެ މަޝްހޫރު އެކްޓަރު ވިޖޭ ސެތުޕަތީގެ އެކްޝަން ފިލްމްއެކެވެ.
ކޮމެންޓު ފޮނުވާ